ތ. ވަންދޫއާއި ދ. ހުޅުދެލީގައި ޕޮލިސް ޕޯސްޓު ހުޅުވައި، އެ ދެ ރަށުގައި ފުލުހުން ގާއިމުވެތިބެ ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތްދޭން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ ދެ ރަށުގައި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ކަމަށެވެ.
ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވުމަށްފަހު ސީޕީ ޝުޖާއު ވިދާޅުވީ އެފަދަ ޕޯސްޓެއް ގާއިމުކުރުމުގެ އެންމެބޮޑު އެއްބޭނުމަކީ މަދުންނަމަވެސް ރަށްރަށުގައި ހިނގާ ކުށްތަކާއި އަލަށް ތައާރަފުވުމަށް ފުރުސަތު އޮތް ކުށްތަކުން ރަށުގެ މުޖުތަމައު ސަލާމަތްކޮށް ރައްކާތެރި އަމާން ވެއްޓެއް ގާއިމުކުރުންކަމަށެވެ.
އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުން ގާއިމުވެތިބުން މުހިންމުވަނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި ޖިނާއީ ކުށްކުރުން ހުއްޓުވައި ގާނޫނު ދެމެހެއްޓުން ކަމުގައި ސީޕީ ވިދާޅުވިއެވެ.
އޭގެ އިތުރުން ރާއްޖެއަކީ އެ ތަންމިތަނަށް ހުޅުވިފައިވާ ގައުމަކަށްވެފައި ކުށް ދައުރުވުން އެހެން ގައުމުތަކާ އަޅައިބަލާއިރު ހަލުވި ގައުމަކަށްވީތީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ދިނުން މުހިންމު ކަމަށް ސީޕީ ވިދާޅުވިއެވެ.
ހަމައެއާއެކު ދާހިލީ ކަންކަމާއި ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް ގާނުނު ތަންފީޒްކުރުވައި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދޭ މަރުކަޒެއް ހުޅުވައި ޚިދުމަތް ދިނުމަށް ފުލުހުންގެ ގާނޫނު ލާޒިމުކުރާކަމަށްވެސް ސީޕީ ވިދާޅުވެފައިވެއެވެ.
ވަންދޫ އާއި ހުޅުދެލީ ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ވަނީ ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު