މާފަންނު ޕޮލިސް
މާފަންނު ޕޮލިސް
14 އަހަރުގެ ކުއްޖަކު ގެއްލިގެން އާއިލާއިން ރިޕޯޓް ކުރުމާގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ، އާއިލާއަށް ހަބަރު ނުވެގެން ގެއްލިފައިވާ ކަމަށްބުނެ ފެބްރުއަރީ، 11 ގައި ރިޕޯޓް ކޮށްފައި ވަނީ މ.އެނބޫމާގެއާގެ، ހަދީޖާ ޔަލްވީ ކަމަށެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވަނީ، ހަދީޖާ ޔަލްވީ އެންމެ ފަހުން ފެނިފައި ވަނީ ފެބްރުއަރީ، 9 ވަނަ ދުވަހުގެ ރޭ 20:00 ހާއިރު އެ ކުއްޖާ ދިރިއުޅޭ މ. އެނބޫމާގެއިން ކަމަށެވެ.

އެކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163 / 3000600 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން