ކޯވިޑް19އާއިއެކު މުޅި ދުނިޔޭގެ އިޤްތިޞާދުވަނީ ވަރަށްބޮޑަށް ހީނަރުވެ ބަލިކަށިވެފައެވެ. ދަތުރުފަތުރާއި، ޤައުމުތަކުގެ އެތެރޭގެ މަސައްކަތާއި، އިޤްތިޞާދީ ހަރަކާތްތައް މަޑުޖެހުމާއިއެކު މުޅި ދުނިޔޭގެ އިޤްތިޞާދު ވަނީ ކަޅުވިލާގަނޑަކުން ބައްދާލާފައެވެ. އެތައް މިލިޔަންބައެއްގެ ވަޒީފާގެއްލި މަގުމަތިވެފައެވެ ގޮތް ހުސްވެފައެވެ. ކައިބޮއި އުޅެވޭނެ ގޮތެއްވެސް ނެތް ނިކަމެތި އެތައްބަޔަކު ބަނޑުހައި ހޫނުކަމުގައިވެސް ދަނީ ދުނިޔެއާއި ވަކިވަމުންނެވެ. ދުނިޔޭގެ ކަމާބެހޭ ބައިނަލްއަޤްވާމީ ޖަމިއްޔާ، ޖަމާއަތްތަކުން ބުނަމުންދަނީ ކޮރޯނާވައިރަހުގެ ރޯގާބަލިމަޑުކަމުގެ ސަބަބުން މަރުވާ މީހުންނަށްވުރެ އެބަލީގެ ސަބަބުން ގައުމުތައް ފުރަބަންދުކޮށް ގައުމުތަކުގެ އިގުތިސޯދު އިނދަޖެހުމުގެ ސަބަބުން ބަނޑަށް ޖެހިގެން މަރުވަ މީހުން ވަކި މަދު ނުވާނެ ކަމަށެވެ. އަދި މި ބަލިމަޑުކަން ފިލާ ދިޔަ ނަމަވެސް މި ތަދުމަޑުކަން އެތައް ދުވަހަކަށް ދެމިގެންދާނެ ކަމަށް އެފަރާތްތަކުން އަންދާޒާ ކުރެއެވެ.

އިޤްތިޞާދީ މިނާޒުކު ވަގުތު މިކަމުގެ އެންމެބޮޑު އަސަރެއް ކުރަނީ ކުދި ޤައުމުތަކަށެވެ. ޚާއްސަކޮށް ވަސީލަތްތައްމަދު އިޤްތިޞާދު ބަލިކަށި ޤައުމުތަކަށެވެ. މިކަމުގެ އަސަރު އެންމެބޮޑަށް ކުރަމުންދާ ޤައުމުތަކުގެ ތެރޭގައި ރާއްޖެހިމެނެއެވެ. ރާއްޖޭގެ އިޤްތިޞާދުގެ 70 އިންސައްތަ ބަރޯސާވަނީ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތަށެވެ. ޒިޔާރަތްކުރާ ފަތުވެރިންގެ އަތުން ލިބޭ އެއްޗަކަށާއި އެވިޔަފާރިން ލިބޭ ޓެކުހާއި ކުއްޔަށެވެ. ރާއްޖޭގެ ރައްޔިތުންގެ އާމްދަނީއާއި ކުރާ އެހެނިހެން މަސައްކަތް ވެސް ބަރޯސާވަނީ ހަމަ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. ރާއްޖެއަކީ އަމިއްލަ އުފެއްދުންތެރިކަމުގެ ގޮތުން ވަރަށް ނިކަމެތި ޤައުމެކެވެ. އެންމެ ޒަރޫރީ ކަންކަމުގެ ތެރޭގައި ހިމެނޭ، ކާބޯތަކެއްޗާއި އުނުއަންނައުނުވެސް ގެންނަން ޖެހެނީ ބޭރުންނެވެ. ތެޔޮކޮޅު އެތެރެ ނުކުރެވިއްޖެއްޔާ ރައްޔިތުން ތިބެން ޖެހޭނީ ކަނު އަނދިރީގައެވެ. އިންޖީނުގެތަކާއި ކަނޑުފުރާ ދުއްވާ އުޅަނދު ފަހަރުގެ އިންޖީނުތައް ނިއްވާލައިގެން ފަޅުގައި އަޅައިގެން ތިބުން ނޫން ގޮތެއް ނެތެވެ. އެހާވެސް ނިކަމެއްޗެވެ. ގައުމުގައި ލިބިހުރި ވަސީލަތްތައްވެސް ބޭނުން ނުކުރާ ބައެކެވެ. ގައުޖުގެ 99 އިންސައްތައަކީ ކަނޑު ކަމަށްވާއިރު އެކަނޑުތައްވެސް މިހާރު ދިވެހީންނަށްވުރެ ބޮޑަށް ބޭނުން ކުރާ ކަމަށް ބުނަނީ އަވަށްޓެރި ގައުމުތަކުންނެވެ. މިދެންނެވި ކަނޑުން މުށެއްވެސް ދެން ލިބޭނީ މިގައުމުގެ ވާރުތަވެރި "ބޮޑުބޭބެ" ނަގާފައި ބާކީ އޮތިއްޔާ ކަމަށް ބުނާތީ އިވެއެވެ.

މިހާލަތުގައި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެދަނީ އަޅަމުންނެވެ. އިގްތިޞާދު ހަމައަކަށް އެޅެންދެން ކެނޑެން އޮތް ހުރިހާ ދިމާއަކުން ޚަރަދުތައް ކަނޑަމުންނެވެ. ގައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައިވެސް ދަނީ ހަރުދަނާ ފިޔަވަޅުތައް އަޅަމުންނެވެ. ސިޔާސީ ގޮތުން ކުރާ ހޭދަތަކާއި ބޭކާރު ގޮތުގައި ފޭދެމުންދާ ތަންތަން ފޫބެއްދުމަށްޓަކާ އަނދެގެން ހުންނަ ފޮތިގަނޑުވެސް ބާލާފައި ޖަހާ ވަރަށް މިވަނީ އިގްތިސޯދު ފޫގޮސް ބާގަނޑުތައް ބޮޑެތި ވެފައެވެ. މިދަންނަވަނީ އެމެރިކާއާއި އިނގިރޭސި ވިލާތުގެ ވާހަކައެއް ނޫނެވެ. މިދައްކަނީ ވަސީލަތްތައް ނެތް ބޮޑު ތަދުގައިވެސް މަގޫފަތާއި ވަނދުބަނބުކޭލާ ފަޅޯގޮނޑި ކާންޖެހުނު ކަމަށް ތާރީޚުބުނާ ދިވެހިރާއްޖޭގެ ވާހަކައެވެ. ދުނިޔޭގެ ބޭންކުގެ ދިރާސާތަކުން އެބުނާ ދިވެހިރާއްޖެ ފަދަ ގައުމުތަކުގެ ވާހަކައެވެ.

ކޯވިޑް19ގެ މިހާލަތުގައި މާލީ ގޮތުން ބޮޑު އަނދަވަޅަކަށް ގައުމު ވެއްޓިފައިވާއިރު ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެތައްބައެއްގެ ވަޒީފާގެއްލި އާމްދަނީ ހުއްޓި ވަނީ މަގުމަތިވެފައެވެ. އާމްދަނީ ކުޑަވެގެން ނޫނީ މުޅިން ހުއްޓިގެން، އަމިއްލަ ވަޒަން ދޫކޮށް ދަރިންނަށް ތައުލީމު ދޭށާ އާމްދަނީ ހޯދާށާއި އެނޫންވެސް ބޭނުން ތަކުގައި މާލެއަށް ހިޖުރަކޮށްގެން މާލޭގައި ދިރިއުޅެމުންދިޔަ އެތައް ބަޔަކު އެވަނީ ދިރިއުޅުނުތައް ދޫކޮށް ވާހާލެއްގައި ވާން އަމިއްލަ ވަޒަނަށް އަލުން ހިޖުރަކޮށްފައެވެ. އަދިވެސް އެދަނީ ކުރަމުންނެވެ. މިކަމާއި ގުޅިގެންވެސް އެންމެ ބޮޑަށް އަޑުއުފުލަމުންދަނީ މިޤައުމުގެ އިސްކޮށް ތިއްބެވި ސިޔާސީ ލީޑަރުންނެވެ. ރައްޔިތުން ވާހާލެއްގައި ވާނަމޭ ވިދާޅުވެ ރައްޔިތުންގެ ރުހުމާއި ލޯބި ހޯދަން ނުވަތަ ގަންނަން ވަޑައިގަންނަވާ ލީޑަރުންނެވެ. ވޯޓު މޫސުން ޖެހުނީމާ ރަށަށް ގޮސް ގޭދޮށަށް ގޮސް ސަލާން ކުރަމުން ފެންނަހާ ކުއްޖަކު އުރަމުން ގޮސް ދަރިފުޅު ބަހައްޓާފައި މަންމަ ކިހިއްޔަށް ޖަހާލެވޭއިރުވެސް އުރަމުން ގެންދަވާ ލީޑަރުންނެވެ. ވޯޓު މޫސުމުގައި ދެއިރު ދެދަޅައަށް މެސެޖު ފޮނުވައި ސިޓީ ފޮނުވައި ގުޅައި ހައްދަވާ ހެޔޮއެދޭ ލީޑަރުންނެވެ.

މިއަދު މިދެންނެވި ލިސްޓުގައި ތިއްބެވި އެންމެ އިސް ލީޑަރުންނަކީ މިގައުމުގައި ވެރިކަން ކުރައްވާފައި ތިއްބެވި ލީޑަރުންނެވެ. މިގައުމުގެ އިޤްތިޞާދު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް މި ބޭފުޅުންނަށެވެ. މިއަދުވެސް ގޮތް ކިޔައި ފާޑުވިދާޅުވަމުންދަނީ މިބޭފުޅުންނެވެ. ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ރައީސް ވަހީދާއި، ރައީސް ޔާމީނަކީ މިގައުމުގެ އިގްތިސޯދީ ހާލަތު އެންމެ ގާތުން ތަޖުރިބާ ކުރައްވާފައިވާ ބޭފުޅުންނެވެ. ވޭތުވެދިޔަ 40 އަހަރު މިގައުމުގެ ރައްޔިތުންގެ ތިޖޫރި ބެލެހެއްޓެވީ މި ބޭފުޅުންގެ ބެއްލެވުމުގެ ދަށުން މިބޭފުޅުން ތަޅުދަނޑި ހަވާލު ކުރެއްވި ބަނޑޭރިއެކެވެ. މި ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި އެ ތިޖޫރިއަށް ވަތް އެއްޗެއް ވެސް ނުކުތް އެއްޗެއްވެސް މިބޭފުޅުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެއެވެ. އަދި އެތިޖޫރިން އެއްޗެއް މަދުވިއަސް އެބޭފުޅުން ޒިންމާ ނަންގަވަން ޖެހޭނެއެވެ. ރައްޔިތުންގެ ހަރުމުދާ ރައްޔިތުން އެ ވެރިންނާ ހަވާލުކުރީ އެ މުދަލުން ނަފާ ހޯދައިދީ އެމުދާ އިތުރުކޮށްދީ ރައްޔިތުންނަށް ކާންދީ ބޯންދީ ގައުމާއި ރައްޔިތުންގެ ދިރިއުޅުން ތަރައްގީ ކޮށްދީ އަދި އަންނަން އޮތް ޖީލުތަކަށް ފައިދާ ވާނެ ގޮތަށް ރައްޔިތުންގެ މުދާ ގިނަކޮށް ބަލަހައްޓައި ދިނުމަށެވެ. އެބޭފުޅުންނަށް ވެރިކަން ހަވާޅުކުރީއްސުރެ މިއަދާއި ހަމައަށް އެބޭފުޅުން އެދަނީ އެބޭފުޅުން ކޮށްދެއްވި ޚިދުމަތަށް އަގު ނަންގަވަމުންނެވެ. މިއަދު ރައްޔިތުން އެބޭފުޅުންގެ ޚިދުމަތް ބޭނުން ނުވިޔަސް އަދި އެބޭފުޅުންގެ ފަރާތުން ރައްޔިތުންނަށް ޚިދުމަތެއް ނުލިބުނަސް އެލިބިވަޑައިގަންނަވާ އެއްޗަކަށް އެއްވެސް އުނި އިތުރެއް ނުވެއެވެ. އެހެންވީމާ މިއަދު ރައްޔިތުންގެ އަތްމަތި ދަތިވެ ރައްޔިތުން ހާލުގައި ޖެހުނީމާ އެންމެ ފުރަތަމަ އެކަމާ ކަންބޮޑުވެ ވަޑައިގެން އެކަމާ ވިސްނާވަޑައިގެން ފިކުރު ހިންގަންވީ ބަޔަކީ މިބޭފުޅުންކަމާއި މެދަކު އެއްވެސް ބޭފުޅަކު ދެބަސްނުވާނެކަން ކަށަވަރެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މާލީގޮތުން ބޮޑު އެހީތެރިކަމެއް ނުވަތަ އިނާޔަތެއް ދެއްވަނީ ގާނޫނަކުން އެކަން ކަނޑައަޅައިގެންނެވެ. އެކަން ކަނޑައެޅީ ރައްޔިތުންގެ މަންދޫބުންނެވެ. ރައްޔިތުންގެ ފައިސާއިން އެހާ ބޮޑު ޚަރަދެއް ކުރަން ރައްޔިތުންގެ މަންދޫބުން ނިންމާފައިވާ މި ނިންމުމަކީ ހަމަގައިމުވެސް އެބޭފުޅުން ތަމްސީލު ކުރައްވާ ރައްޔިތުންނަށް ކުޑަވެސް ފައިދާއެއް ވާނެ ކަމެއް ނޫނެވެ. މިއީ އެބޭފުޅުން ނިންމަވާފައިވާ ސިޔާސީ އަމިއްލަ ނިންމުމެކެވެ.

މިއީ ކޮންމެ ގޮތަކަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ވީނަމަވެސް ގައުމުގެ މާލިއްޔަތާ ނުބައްދަލު އާމްދަނީއެއް ރައްޔިތުންގެ ފައިސާއިން ލިބިވަޑައިގަންނަވާ މިބޭފުޅުން މިހާލަތުގައިވެސް ޤައުމަށްޓަކައި، ރައްޔިތުންނަށްޓަކައި ވިސްނުން ތަކެއް ވިސްނަވައިގެން ލިބިވަޑައިގަންނަވާ މި ބޮޑު މާލީ އިނާޔަތްތަކުން ކުޑަމިންވަރެއްވެސް އުނިކުރުމަކަށް މިއިން ބޭފުޅަކު ކުޑައިޝާރާތެއްވެސް ކުރައްވާފައެއް ނުވެއެވެ. މިދެންނެވި ރައީސުންގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން 2019 ވަނަ އަހަރު ޖަލަށް ހުކުމް ކުރުމާއި ގުޅިގެން އެމަނިކުފާނަށް ދައުލަތުން ދެމުންދިޔަ އިނާޔަތްތައް ވަނީ މެދުކެނޑިފައެވެ.

ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތްތަކުގެ ތެރެއިން މިހާލަތު އައުމުގެ ކުރިން ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މާލީ އިނާޔަތްތަކުގެ ތެރެއިން ދިރިއުޅުމުގެ ޚަރަދާއި، މާލީ އިނާޔަތް ދޫކޮށްލައްވާފައެވެ. އެމަނިކުފާނު މި އިނާޔަތް ނެގުން ހުއްޓާލެއްވީ މަޖިލިސް ރައީސްގެ މުސާރައާއި އިނާޔަތްތައް ނަންގަވަމުން، ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ވެސް ނަންގަވާތީ ގިނަބައެއްގެ ފާޑުކިއުން އަމާޒުވުމުން ކަމުގައި ބެލެވެއެވެ. މިދިޔަ އަހަރުގެ ޖޫންމަހުން ފެށިގެން ކުރީގެ ރައީސުންނަށް ދިރިއުޅުމުގެ ޚަރަދުތަކުގެ ގޮތުގައި ލިބިވަޑައި ގަންނަވާ 50،000 ރުފިޔާއާއި މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50،000 ރުފިޔާ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގެންނެވުމުގެ މަތީން ދިނުން ހުއްޓާލާފައިވާކަމަށް ފިނޭންސް މިނިސްޓްރީން "ރަސް އޮންލައިން" އާއި ހިއްސާ ކުރި މައުލޫމާތުން އެނގެއެވެ. ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުގެ ތެރެއިން ރައީސް ނަޝީދު ނަންގަވަނީ އޮފީސް ހިންގެވުމަށް ދައުލަތުންދޭ 175،000 ރުފިޔާއެވެ. ރައީސް ނަޝީދުވެސް ކޯވިޑް19ގެ ހާލަތާއި ގުޅިގެން މިއިން އެވެސް އިނާޔަތެއް އުނިކުރަން އެދިވަޑައިގެންފައެއް ނުވެއެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ދައުލަތުގެ މާލިއްޔާއިން ނުވަތަ ރައްޔިތުންގެ ފައިސާއިން އެންމެބޮޑު އިނާޔަތެއް މިވަގުތު ލިބިވަޑައިގަންނަވަނީ ނުވަތަ ނަންގަވަނީ 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ދިރިއުޅުއްވާ ތަނުގެ ޚަރަދުގެ ގޮތުގައި 50،000 ރުފިޔާ، އަދި މާލީ އިނާޔަތުގެ ގޮތުގައި 75،000 ރުފިޔާ ސަރުކާރުން ދެމުން ގެންދާއިރު އެމަނިކުފާނު އެއްވެސް ފިކުރެއް ނެތި އެފައިސާ ދަނީ ނަންގަވަމުންނެވެ. އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި އެމަނިކުފާނަށް 175،000 ރުފިޔާ ސަރުކާރުން ކޮންމެ މަހަކު ދެއެވެ. މިއާއިއެކު އެމަނިކުފާނަށް ކޮންމެ މަހަކު ޖުމްލަ 300،000 ލައްކަ ރުފިޔާ ދައުލަތުގެ މާލިއްޔާއިން، ރައްޔިތުންގެ ޓެކްސް ފައިސާއިން ދެއެވެ. ކޯވިޑް19ގެ ހާލަތުގައި އެމަނިކުފާނުވެސް މިއިންއެއްވެސް އިނާޔަތެއް ދޫކޮށްލައްވާފައެއް ނުވެއެވެ. އެކަމަކު ކޯވިޑްގެ ހާލަތާއި ގުޅިގެން ދައުލަތުގެ އިސް ވެރިންގެ މުސާރަތައް ކުޑަކުރަން މަޖިލީހުގައި ބަހުސް ކުރެވުނު އިރު އެކަމާ ރުހިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. މިގޮތަށް ވިދާޅުވުން ފިޔަވައި ލިބިވަޑައިގަންނަވާ އެއްވެސް އެއްޗެއް ދޫކޮށްލައްވާފައެއް މިހާތަނަށް ވެސް ނުވެއެވެ.

ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ދެ އަހަރާ ދުވަސްކޮޅަކު ރައީސްކަން ކުރެއްވި ރައީސް ވަހީދަށްވެސް 2 އިނާޔަތެއް ދައުލަތުން ދަނީ ކޮންމެ މަހަކު ދެމުންނެވެ. ދިރިއުޅުއްވާ ތަނުގެ ޚަރަދުގެ ގޮތުގައި 50،000 ރުފިޔާ، އަދި އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި އެމަނިކުފާނަށްވެސް 175،000 ރުފިޔާ ދައުލަތުން ކޮންމެ މަހަކު ދެއެވެ. އެމަނިކުފާނުވެސް މިހާލަތާއި ގުޅިގެން ދައުލަތުގެ ބަޖެޓަށް ލުއެއް ދިނުމަށް ނުވަތަ ރައްޔިތުންނަށް ހެޔޮ އެދިވަޑައިގެން ވިޔަސް ލިބިވަޑައިގަންނަވާ އިނާޔަތަށް ކުޑަވެސް ލުޔެއް ދެއްވާފައެއް ނުވެއެވެ. ބަރާބަރަށް ކޮންމެ މަހަކު ނަންގަވައެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑުހޭދައެއް މިބޭފުޅުންނަށް ކުރައްވާއިރު މިދުވަސްވަރު މިއިން ބޭފުޅެއްގެ އޮފީހުގައި ކުރައްވާކަމެއް ރައްޔިތުންނަކަށް ނުފެނެއެވެ. މިބޭފުޅުން މުޅިންވެސް ކުރައްވާތަން ފެންނަނީ ސިޔާސީ މަސައްކަތް ތަކެވެ. ހިންގަވަނީ އަމިއްލަ ޕާޓީއެވެ. އެހެންވީމާ ދައުލަތުން އިނާޔަތް ނަންގަވައިގެން ހިންގަވާ އޮފީސްތަކުގެ ބޭނުން ކުރައްވަނީ އަމިއްލަ ޕާޓީގެ މަސްލަހަތުގައިކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ. މި ބޭފުޅުން އަމިއްލަ ގެދޮރުގައި ނުވަތަ އަނބި ކަނބަލުންގެ ގެދޮރުގައި ދިރިއުޅުއްވަމުން ދިރިއުޅުއްވާ ތަނުގެ ޚަރަދުގެ ގޮތުގައި ބައިލައްކަ ރުފިޔާ ނަންގަވަމުން މާލީ އިނާޔަތުގެ ގޮތުގައި 75 ހާސް ރުފިޔާ ކޮންމެ މަހަކު ނެންގެވުމަކީ ވެސް ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ. ކަންމިހެން އޮތް އިރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ޚަރަދުތަކަށްވެސް ކޮންމެ މަހަކު މިލިޔަނެއްހާ ރުފިޔާ ހޭދަކުރަންޖެހުމަކީ މިހާލަތުގައި ދައުލަތަށް އުފުލަންޖެހޭ ބޮޑު ބުރައެވެ.

ރައީސްކަން ކުރެއްވުމަށްފަހު އިނާޔަތް ލިބިވަޑައި ގަންނަވާ މިބޭފުޅުންނަކީ މާލޭގައި ތަނަވަސްކަމާއިއެކު ދިރިއުޅުއްވޭނެ ގޮތް އޮވެ، އާއިލީ ވިޔަފާރިތަކާއި އަމިއްލަ މުއްސަދިކަންވެސް ބޮޑު ބޭފުޅުން ކަމަށް ގިނަބަޔަކު ބުނެއެވެ. މިއަދު މިބޭފުޅުން ޤައުމަށްޓަކައި ހެޔޮއެދިވަޑައި ގަންނަވާނަމަ ދައުލަތުން މިދޭ އިނާޔަތްތަކުން ކުޑަމިންވަރެއްވެސް ރައްޔިތުންނަށްޓަކައި ދޫކޮށްލެއްވީސްކަން ޔަގީނެވެ.

ރައްޔިތުން ކިތަންމެ ނުރުހުނަސް މިކަމަށް އިއްޔެވެސް މިއަދުވެސް ބަދަލެއް ގެނެވިފައި ނުވަނީ ނުވަތަ ގެނެވެން ނެތީ މިގައުމުގައި އޮތީ ރިޔާސީ ނިޒާމަކަށް ވިޔަސް އަދި ވެރިކަމުގައި ހުންނަނީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރާ ވެރިއަކަށް ވިޔަސް، ވެރިކަން ކުރަނީ ޕާޓީގެ މަސްލަހަތު އިސްކޮށްގެން ޕާޓީން ކަމުގައި ވާތީއެވެ. ދެން މިހާރު އަދި ވަކިން އެޖެންދާ އޮނަވިހީގައި ނެތް ކަމެއް މިގައުމަކު ނުހިނގާނެ ކަމީ ފެންނަން އޮތް ހަގީގަތެކެވެ.


ކިޔުންތެރިންގެ ހިޔާލު


16

ޚިޔާލު

05-Aug-2020

އަންނި އަދި މުސާރައިގެ ގޮތުގައި ނަގަ އިތުރު 2 ލައްކަ ކޮބާ? އެބައިލީމަ ދައުލަތުން މަހަކު އެންމިގިނަ ލާރިނަގާ އަދި ތަންފަސާދަކުރާ މީހަކަށްވާނެ އޭނަ. މައުމޫނު ރަނގަޅެކޭނޫން މި ބުނީ.


16

ޑިމޮކްރަސީ

03-Aug-2020

ޤަވްމުގަ ވެރިކަންކުރާ މީހަކަށް ކޮންމެ މަހަކު ތިން ހަތަރު ލައްކަ ރުފިޔާ ދޭކަށްނުޖެހޭ ރައްޔިތުން ހިމޭނުން ތިބޭތި ރައްޔިތުންގެ މަންދޫބުންނޭ ކިޔައިގެން މިތެޅޭ މީހުން ހިތުހުރިހާ އެއްޗެއްހަދަމުން އެދަނީ


15

ހަމަ ހުވާ

02-Aug-2020

މީދެން ބޮޑުވަރު މިވަރު ކުޑަ ގައުމެއްގަ ވެރިކަން ކުރީތީ ހަޒާނާ އެކީ މިވެރިން ނަށް އަޅެފަހެ މަޖިލީހުގަ އެތިބެނީ ގަމާރުންތަ ނޫނޫ ބުރާންތިން ތަކެއްތަ


-5

ދެރަވަރު

02-Aug-2020

ރައްޔިތުންގެ ބައިތުލްމާލުން ތިހަރަދު ކުރާނެކަމެއް ނެތް. ރައީސްކަމުން ފައިބާތާ 5 އަހަރުވަންދެން ކޮންމެވެސް ވަރެއް ދެވިދާނެ. އިތުރަކަށް ދޭނެކަމެއް ނެތް. ކޮންެ 5 އަހަރަކުން ރައީސުން ބަދަލުވަންޏާ ހާދަ ފައިސާ އެކޭ މިމީސްމީހުންނަށް ބައިތުލް މާލުން މިދޭން ޖެހެނީ. 5 އަހަރު ވެރިކަން ކުރިވިޔަސް 10 އަހަރުވެރިކަން ކުރިޔަސް 30 އަހަރު ވެރިކަން ކުރިޔަސް ފައިބާތާ 5 އަހަރުވަންދެން ކުޑައިނާޔަތެއްދޭން އޭކޯ.. ދޮޅުއަހަރު ދެއަހަރު ވެރިކަންކުރި މީހުންނަށް ދޭނެކަމެއްނެސް ނެތް. އެކމކު ކީއްކުރާނީ. ނިކަމެތި ރައްޔިތުމީހާ ޖެހޭނީ މިހެންކިޔާލަ ކިޔާލަ ހުންނަން


17

ހަސަނު

01-Aug-2020

ރައްޔަތު އަހުމަދު ގެ ވާހަކަ އަށް އަހަރެން ވަރަށް ތާއީދު ކުރަން އެކަމަކު މަވެސް ބުނަން އޮތީ މިއީ ވަރަށް އަމިއްލަ އެދުން ބޮޑު އާލާތްވަރުން ތަކެއްކަމަށް


17

ރައްޔަތު އަހުމަދު

01-Aug-2020

މުސާރަ ނޫނީ އިނާޔަށް ދޭތިން އެކަތި ހަމަޖައްސާ.. ނަޝީދު ދެތަށީން ކާން ދޭވަރަށް ފައިސާ އެއްނެތް - އަމުދުން ރައިޔަތުން ފެލާފައި ޓެކްސް ނަގައިގެން މިވަރަށް ޕޭނުކުރޭ..! ދެންތިބި ދެބޭކަލުންގެ ވެސް އިނާޔާސް ދުވާލަކަށް ތިންހާސްރުފިޔާއަށް ހައްދަވާ.. އެވަރުން ޖަވާހިރު ކެޔަސް ރާއްޖޭގައި އުޅެވޭނެ ދޯ..? ތި ރައީސުންގެ ލިސްޓް ދިގުވާވަރަކަށް ރައްޔަތުން ފެލައިގެން ޓެކްސް ނަގާ ވިސްނުންބަދަލުކޮށް ލުއިގޮތެއް ހައްދަވާ!


-8

ރައްޔަތު އަހުމަދު

01-Aug-2020

މުސާރަ ނޫނީ އިނާޔަށް ދޭތިން އެކަތި ހަމަޖައްސާ.. ނަޝީދު ދެތަށީން ކާން ދޭވަރަށް ފައިސާ އެއްނެތް - އަމުދުން ރައިޔަތުން ފެލާފައި ޓެކްސް ނަގައިގެން މިވަރަށް ޕޭނުކުރޭ..! ދެންތިބި ދެބޭކަލުންގެ ވެސް އިނާޔާސް ދުވާލަކަށް ތިންހާސްރުފިޔާއަށް ހައްދަވާ.. އެވަރުން ޖަވާހިރު ކެޔަސް ރާއްޖޭގައި އުޅެވޭނެ ދޯ..? ތި ރައީސުންގެ ލިސްޓް ދިގުވާވަރަކަށް ރައްޔަތުން ފެލައިގެން ޓެކްސް ނަގާ ވިސްނުންބަދަލުކޮށް ލުއިގޮތެއް ހައްދަވާ!


11

މުނީރު

01-Aug-2020

ތި ހުސް އަމިއްލަ އެދުމައިގެން އުޅޭމީހުން ލިބޭ އެއްޗެއް ދުލެއްނުދޭނެ އެދުމުން ފޯވެފަ


9

މީހެއް

01-Aug-2020

އަޖައިބު.. ހުރިހާ މޮޅެއް މަހުޖަނުންނަށް.. ނިކަމެތި ރައްޔިތުމީހާ ވީ ނާށިގަނޑު ހިފައިގެން ސަލާންޖަހަން ބޮޑު ބައްޔަކަށް ފަރުވާކުރަން ރާއްޖެއިން ބޭރަށް ފުރަންޖެހުނަސް.. ރައީސްކަން ކުރެއްވިއެއްކަމަކު ރައްޔިތުންގެ ރުފިޔާ ތި ވެރިންނަށް އިނާޔަތް ދެންޏާ ކުރީގެ ކައުންސިލަރުންނާއި, މިނިސްޓަރުކަން ކުރެއްވި ފަރާތްތަކަށްވެސް އިނާޔަތް ދޭންވީނު.. ތިތާގަ ނެތް ރައްޔިތުނަށް ހެޔޮ އެދޭ އެކަކުވެސް...


6

ހަސަނު

01-Aug-2020

އެެކަކު މިހާރުވެސް ތެޅިބާލަނީ ދަރިންނަށް ގައުމުގެ ހަޒާނާ ހަވާލު ނުކުރެވިގެން ދެން ހުރިމީހާ އެޖަހާ ސަކަރާތަކުން ވެރިކަމުގެ ނިޒާމު އެބަ އޮޅޭ އޭނާގެ ނެތް ވެރިކަން ނުން އެހެން ނިޔަތެއް ވެސް


20

ޒަރީރު

01-Aug-2020

ކިތައްމެ ބޯކޮށް ދިނަސް ތިޔަމީހުން ހިތެއް ނުފުރޭނެ ހަގީގަތުގަވެސް އަމިއްލަ އެދުމައިގެން އުޅޭ ބައެއްް ނަޝީދު ދެން ކޮންމެވެސް އެއްޗެއް އުނިކޮށްފިތާ ދޯ


-6

ޖައުފަރު

01-Aug-2020

ރައްޔަތުންނޭ ކިޔާފަ ކޮންމެ މީހަކު ވެސް އަނގަ އަރުވަނީ އަމިއްލަ އެދުމާއިގެން އުޅޭ ވެރިން ތިޔައީ



ޓްރެންޑިން