ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ބަޔަކު މީހުން ހަމަލާދިން މައްސަލާގައި އިތުރު މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އަދި އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފައިވާކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.
މި މައްސަލާގައި މީގެ ކުރިންވެސް ވަނީ 2 މީހަކު ހައްޔަރު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
މޫނު ނިވާކޮށްގެން ތިބި ދެމީހަކު ސައިކަލުގައި ގޮސް މަރުތޭލަކުން ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ ޖަނަވަރީ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ނޫރު މިސްކިތް ކައިރިން ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. އެހަމަލާގައި ޕީޖީ ޝަމީމްގެ ވައަތުގައި ރެނދުލައި ކަށިގަނޑަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށާ ފުލުހުން ގެންދަނީ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި މިމައްސަލަ ތަހުގީގް ކުރަމުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު