އިބްރާހިމް ފަހީމް   19 ފެބްރުއަރީ 2024 - 1:45
ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޕޯކްސްޕާސަންގެ މަގާމަށް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން އައްޔަނުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ، ސްޕޯކްސްޕާސަންގެ މަގާމަކީ ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.

ޝިފާން މި މަގާމަށް އައްޔަނުކުރެއްވުމާއި ގުޅިގެން ދެން ފުލުހުންގެ އިދާރާއިން އާންމުންނާއި މީޑިއާތަކަށް ފޯރުކޮށްދޭ މައުލޫމާތު ފޯރުކޮށްދިނުމަށާއި އެ އިދާރާގެ ތަރުޖަމާނެއްގެ ގޮތުއި މަސައްކަތް ކުރައްވާނީ އޭނާއެވެ.

އަޙްމަދު ޝިފާން މިވަގުތު ހުންނެވީ އޮފީސް އޮފް ދަ ކޮމިޝަނަރ ގެ ހެޑްގެ މަގާމުގައެވެ. އޮސްޓްރޭލިއާއިން ތަޢުލީމު ޙާސިލް ކުރައްވާފައިވާ، ޝިފާން އެ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ފުލުހުންގެ ސްޓްރެޓެޖިކް ޕޮލިސީތައް އެކުލަވާލައި ތަންފީޒުކުރުމާއި، ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ ޒިންމާ އަދާކުރުމުގެ އިތުރުން ފުލުހުންގެ އިދާރީ ކަންކަން ހިންގުމުގެ ޒިންމާ މިހާރު ވެސް ގެންދަވަނީ އުފުއްލަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން