ފުލުހުންގެ އުޅަނދެއް
ފުލުހުންގެ އުޅަނދެއް
ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުުން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ މާލޭ މަގުމަތީގައި ދުއްވާފައިދިޔަ ޕިކަޕެއްގެ ތެރޭގައި ހުރި މީހަކު, އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މައްސަލަ އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލާގައި ހޯދަމުން ދަނީ ފިރިހެނެކެވެ.

"އެ މީހާ ދެނެގަތުމުގެ މަސައްކަތް ވެސް ފުލުހުންދަނީ ކުރަމުން." ފުލުހުން ބުނެފައިވެއެވެ.

އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅައި އެކަން ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން