ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރޭގައި ހުރެ އާންމު އަދަބު އަޚުލާގުން ބޭރު ހުތުރު ވައްތަރު ޖެއްސި މީހާގެ ބަންދަށް 15 ދުވަސް ދީފިއެވެ.
މާލޭ މަގުމަތީގައި ދުއްވާފައިދިޔަ ޕިކަޕެއްގެ ތެރޭގައި ހުރެ, އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި ފިރިހެނަކު ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދުނީ ބުރާސްފަތި ދުވަހުއެވެ.
އޭގެ ފަހުން ފުލުހުން ވަނީ ހަމަ އެދުވަހު އެމީހާ ދެނެގަނެ، ހައްޔަރުވެސް ކޮށްފައެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ 28 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ ބިދޭސީއެއް ކަމެއް ނުވަތަ ދިވެއްސެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ހައްޔަރު ކުރި މީހާ ޕިކަޕުގައި ހުރެ ހުތުރު ވައްތަރުތައް ޖައްސާ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
އަދި މި މައްސަލަ ފުލުހުން ތަހްޤީޤު ކުރަމުން ދާކަމަށްވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު