ރާއްޖެ އިތުރު އަނދަވަޅަކަށް ވައްޓާނުލައި އަދިވެސް ހިފެހެއްޓޭނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެގެން ކަަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެެވެ.
އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ލޯންޗު ކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ސަރުކާރުގެ އަނިޔާވެރިކަން ނުފެންނަނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮތުމުން ކަމަށެވެ. އެހެންކަމުން ރާއްޖެ އިތުރު އަނދަވަޅަކަށް ވައްޓާނުލައި އަދިވެސް ހިފެހެއްޓޭނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އަަޅުގަނޑުމެންނަށް އަދިވެސް މި ދިވެހިރާއްޖެ ބޮޑު އަނދަވަަޅަކަށް ވައްޓާނުލާ ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެގެން، މިއަދު ވެސް އަޅުގަނޑުމެންގެ އެ މެޖޯރިޓީ އޮތަތީވެ އެ އަނިޔާވެރިކަމަށް ދާން ނުކެރިގެން އެ އުޅެނީ،" ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެެވެ.
މީގެ އިތުރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މި ސަރުކާރަށް މިވީ 100 ދުވަސް ތެރޭގައި 300 ދޮގު ހަދާފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ކޮންމެ ދުވަހަކު ހަދަނީ ދޮގުކަމަށާއި ވެރިކަމަށް އައީވެސް ދޮގު ހަދަމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެސީ ހިމާޔަތްކޮށް ސަލާމަތުގައި ދެން ވެސް ތިބެވޭނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހެއް އޮވެގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު