ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނުގެ 500 ޖާގައަށް މިއަދު ހުޅުވާލައިފި އެވެ.
މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ފަސް އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު ހުޅުވާލި 500 ލޯނުގެ ފުރުސަތު ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ލިބޭނެ ކަމަށެވެ. ހަމައެއާއެކު މިލޯނުތަކަށް ކުދިން ނެގުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިސްކަންދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުން މަތީ ތައުލީމު ހާސިލް ކުރުމަށް މީގެކުރިން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމަށެވެ. ނަމަވެސް މި ލޯނު ސްކީމްގެ ދަށުން ކިޔެވުން ފުރިހަމަ ކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތުގައި އެކަމަށް އެވުޒާރާއިން މަގުފަހިކޮށްދޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއަދު ހުޅުވާލި 500 ލޯނުގެ ފުރުސަތަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ އަންނަ މަހުގެ 21ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު