ޑައިވިނަށް ދިޔަ ބަޔަކު އޮޔާދަނިކޮށް ކަނޑުމަތިން އެމީހުން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މެރިން ޕޮލިސް ލޯންޗެއް މިއަދު ހެނދުނު ޏ. ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގދ. ގަމާއި ދިމާ ކަނޑުމަތިން ޑައިވަރެއް ދުރުން ފެނިގެން ލޯންޗު އެ ސަރަހައްދަށް ދިޔައިރު އެތަނުން ދެ ޑައިވަރުން ފެނިފައިވާ ކަމަށެވެ.
އަދި މެރިން ޕޮލިސްގެ ލޯންޗު ކައިރި ކުރުމުން އިތުރު ޑައިވަރުންތަކެއްވެސް އޮޔާދާކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެ ސަރަހައްދުން ރަޝިޔާގެ 10 ޑައިވަރުންނާއި 4 އިންސްޓްރަކްޓަރުން ނަގައި ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
“އެމީހުންގެ ތެރޭގައި ދިވެހި 3 އިންސްޓްރަކްޓަރުން ހިމެނޭ” ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މެރިން ޕޮލިސްގެ ލޯންޗުން އެމީހުން ގދ. ގައްދޫއަށް ގެންގޮސް، އެމީހުން ޑައިވިނަށް ދިޔަ ސަފާރީގެ ދޯންޏާއި މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

ކިޔުންތެރިންގެ ހިޔާލު