ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
ދިވެހިބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސޮފްޓްވެއަރއެއް ޝަރުއީ ދާއިރާއަށް ތަޢާރަފުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ މިއީ ޝަރުޢީ ދާއިރާއަށް މުޅިން އަލަށް ތަޢާރަފްކުރާ ސޮފްޓްވެއަރ އެއް ކަމަށެވެ. އެގޮތުން ދިވެހިބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ "ކޭލި" ސޮފްޓްވެއަރ އިފްތިތާޙް ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

ޑީޖޭއޭއިން ބުނީ ދިވެހި ބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ، ސްޕީޗް ޓު ޓެކްސްޓު ސްފޮޓްވެއާގެ ބޭނުމަކީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހިންގަން މަގުފަހިކޮށްދިނުން ކަމަށެވެ.

މި ސޮފްޓްވެއާ ބޭނުން ކުރަން ފެށުމާއެކު، ޝަރިީއަތްތަކުގެ ރެކޯޑިންތައް އަކުރުން އަކުރަށް ލިޔުމަށް ހޭދަވާ ވަގުތު އެތައް ގުނައަކަށް ކުޑަވެ، ކޯޓުތަކުގައި ހަލުވިކަމާއެކު ދުވަހުން ދުވަހަށް ބަޔާންތައް ނިމުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ޑީޖޭއޭ އިން މަޢުލޫމާތުދެއެވެ.



ޑީޖޭއޭ އިން ބުނީ މި ސޮފްޓްވެއަރގެ ސަބަބުން، މައްސަލަތައް ނިންމުމަށް ހޭދަވާ ވަގުތު ކުޑަވެ ހަލުވިކަމާއެކު މައްސަލަތައް ނިންމުމަށް މަގުފަހިވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން