ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑްގެ ގޮތުގައި މަހަކު 6،000 ރުފިޔާގެ ލޯނެއް ދޫކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އިއްޔެ ވިދާޅުވީ ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑެއް ލިބޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ސްޓައިފެންޑަށް ދޫކުރާ 6000 ރުފިޔާ ކިޔަވާ ނިމިގެން އަނބުރާ ދައްކަން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސްޓައިޕެންޑް ދޫކުރާނީ އެކަމަށް އެދޭ ދަރިވަރުންނަށް ކަމަށާއި މި ބުރުގައި ލޯނު ދޫކުރުމުގައި އިސްކަންދޭން ނިންމާފައި ވަނީ އަތޮޅުތެރެއިން ކިޔަވަން މާލެ އައިސް ތިބޭ 20 ކުއްޖަކަށް ކަމަށެވެ.
މި ފައިސާ އަނބުރާ ދައްކަން ފަށަން ޖެހެނީ ކިޔަވާ ނިމޭތާ ހަ މަސް ފަހުން ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ކުރީ ސަރުކާރުން ފެށި ހިލޭ ޑިގްރީގެ ދަށުން 18،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު މިހާތަނަށް 6،000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ޑިގްރީ ފުރިހަމަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު