އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   2 އޯގަސްޓު 2020 - 23:17
ސަތޭކަ އަށް ވުރެން ގިނަ މީހުން މެރުމަށްފަހު އެމީހުންގެ ކިޑުނީ ވިއްކުމުގެ ވިޔަފާރި ފުޅާދާއިރާ އެއްގައި ކުރަމުންދިޔަ ޑޮކްޓަރަކު އިންޑިއާ ގައި ހައްޔަރުކޮށްފިއެވެ

އިންޑިއާ ގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި އިންޑިއާ ގެ އަޔުރުވެދިކު ޑޮކްޓަރ ދެވަންދަރު ޝަރުމާ (62އަހަރު) ވަނީ ދިއްލީއާއި އަވަށްޓެރި އަވަށްތަކުން ކާރު ޑުރައިވަރުންނާއި ޓްރަކް ޑުރައިވަރުން ރަހީނުކޮށް މަރާލުމަށްފަހު ކިޑުނީ ނަގައި ވިއްކުމުގެ އިތުރުން އުޅަނދުތަކާއި ސައްހަނޫ ގޭސް ވިއްކުމުގެ ވިޔަފާރިވެސް ފުޅާދާއިރާ އެއްގައި ކޮށްފައެވެ.

މީގެ އިތުރުން އޭނާ މަރާލާފައިވާ މީހުންގެ ހަށިތައް އުއްތަރު ޕުރަދޭޝް ގެ ކިނބޫކޯރެއްގައި އުޅޭ ކިނބޫތަކަށް ކާންދީފައިވާ ކަމަށް ވެސް ރިޕޯޓު ތައް ބުނެއެވެ. މި މީހާ އަކީ މީގެކުރިން ވެސް ފޭކު ގޭސް ވިއްކުމާއި މީހުން ރަހީނުކޮށް މަރައި ކިޑުނީ ނަގައި ވިއްކުމުގެ ކުށްސާބީތުވެ ޖޭޕޫރު ގެ ޖަލެއްގައި 16 އަހަރު ހޭދަކޮށް ޕެރޯލްގެ ދަށުން 20 ދުވަހަށް ދޫކޮށްލުމުން ފިލައިގެން އުޅޭ ނުރައްކާތެރި ކުށްވެރިއެއް ކަމަށް ވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. މިފަހަރު މީނާ ހައްޔަރު ކޮށްފައިވަނީކުރިޔަށް ވުރެން ވެސް މާ ނުރައްކާތެރި ކޮށް އެތައް ބަޔަކު މަރައި ކިނބޫތަކަށް ކާންދިން ފަހުން އާންމުންގެ އެހީތެރިކަމާއެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު


16

ޒަރީރު

03-Aug-2020

އިންޑިއާ ގަ ތިބާވަތުގެ ކަން ކަން ކުރާމީހުން ނިކަން ގިނަވާނެ



ޓްރެންޑިން