ޤާނޫނާ ޚިލާފަށް އެމީހަކު ހިތުހުރި ތަނެއްގައި އެއްގަމު އުޅަނދު ޕާކު ނުކުރެވޭނެ ކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހާތިފް ހިލްމީ މީސްމީޑިއާގައި ފާޅުކުރެއްވި ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުން އިޙްސާން ވިދާޅުވެފައިވަނީ ވެހިކަލް ޕާކްކުރުމާ ގުޅޭގޮތުން ހާތިފްގެ ކަންބޮޑުވުމާމެދު އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
އޭގެއިތުރުން އެއްވެސް މީހަކަށް އެމީހަކު ހިތުހުރި ތަނެއްގައި ވެހިކަލް ޕާކް ނުކުރެވޭނެ ކަމަށާއި އެގޮތަށް އަމަލުކުރާ މީހުންނާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހާތިފް މީސް މީޑިއާގައި މިއަދު ވިދާޅުވެފައިވަނީ މާލޭގައި އޭނާ ދިރިއުޅުއްވާ ގޭގައި އާންމު މީހެއްގެ ސައިކަލް ޕާކް ކޮށްފައި ހުރުމުން އެމައްސަލަ ގަލޮޅު ޕޮލިހަށް ހުށަހެޅުމުން އެކަމާމެދު ފުލުހުންނަށް ކުރެވޭނެ ކަމެއް ނެތްކަމަށް ބުނެ ޖަވާބު ދީފައިވާ ކަމަށެވެ.
“މީހުންގެ ގޯތި ގެދޮރަށް އުޅަނދު ވެއްދުން ހުއްދަވެފައިވާނަމަ، ގޯތި ގެދޮރުގެ ޙުރުމަތްތެރިކަން ރައްކައުތެރިކުރާނެ އިތުރު ގޮތެއް ދައުލަތުން ދެއްކުން މުހިންމު. ޤާނޫނު އަމިއްލަ އަތްމައްޗަށް ނެގުމަށް ހިތްވަރު ލިބޭގޮތަށް ޤާނޫނު ތަންފީޛުކުރާ އިދާރާތައް ތަރުތީބުވެގެން ނުވާނެ.” ހާތިފް ވިދާޅުވިއެވެ.
މި މައްސަލާގައި ދާޚިލީ ވަޒީރު އިހްސާން ވިދާޅުވީ ހާތިފް ވިދާޅުވި ގޮތަށް ފުލުސް އޮފިސަރު ޖަވާބު ދެއްވާފައިވާނަމަ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޤާނޫނާ ޚިލާފަށް އެމީހަކު ހިތުހުރި ތަނެއްގައި އެއްގަމު އުޅަނދު ޕާކު ނުކުރެވޭނެ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވެފައިވާއިރު ފުލުހުންގެ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ، ފަރުދުންގެ ފުރާނައާއި މުދަލާއި ގޯތިގެދޮރު ރައްކައުތެރިކޮށް ޙިމާޔަތްކުރުމުގައި އެހީތެރިވެދިނުމަކީ ފުލުހުންގެ ޚިދުމަތުގެ މަޤްސަދު ކަމުގައެވެ.

Please share the time and number you called. Will take action. There is no restriction for law enforcement and there are many actions that can be taken. And NO. You cannot park anywhere you want! Apologies on behalf of the police officer if the above response was given.
— Minister of Homeland Security & Technology (@min_mohst) March 3, 2024
ޤާނޫނާ ޚިލާފަށް އެމީހަކު ހިތުހުރި ތަނެއްގައި އެއްގަމު އުޅަނދު ޕާކު ނުކުރެވޭނެ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވެފައިވާއިރު ފުލުހުންގެ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ، ފަރުދުންގެ ފުރާނައާއި މުދަލާއި ގޯތިގެދޮރު ރައްކައުތެރިކޮށް ޙިމާޔަތްކުރުމުގައި އެހީތެރިވެދިނުމަކީ ފުލުހުންގެ ޚިދުމަތުގެ މަޤްސަދު ކަމުގައެވެ.
ކިޔުންތެރިންގެ ހިޔާލު