އާއިލާ މީހުންނަށް ވަޅިއަކުން ބިރުދެއްކި މީހަކު 7 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މިމީހާ ހައްޔަރު ކޮށްފައިވަނީ ޢާއިލާ މީހުންނަށް ވަޅިން ބިރުދައްކާ އިންޒާރުދިން މައްސަލައެއްގައި ކަމަށެވެ.

އަދި އޭނާއާ ދެކޮޅަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ޤަރީނާ ކޯޓަށް ހުށައަޅާފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.

ނަމަވެސް އެމީހާއަކީ ޚާއްސައެހީއަށް ބޭނުންވާ މީހެއް ކަމަށް ބުނާތީ އެކަން ކަށަވަރު ކުރުމަށްފަހު ދެންއޮންނަ ބަންދު މުރާޖަޢާ މަޖިލީހަށް ހުށައެޅުމަށް ކޯޓުން ވަނީ ފުލުހުންނަށް އަންގާފައެވެ.

އޭނާ 7 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 09 މާރޗު 2024 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން