ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ޙާލު ސީރިއަސްކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
މި ޙާދިސާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހުޅުމާލޭ ގުލްއަލާމާ ހިނގުމުގެ ހުޅަނގުން ރޭ ހިނގި އެކްސިޑެންޓެއްގައި ސައިކަލަކާއި ވޭނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން ވަރަށް ބާރަށް ދުއްވި ސައިކަލެއްގެ ކޮންޓްރޯލް ގެއްްލި އިމިގިރްޝަންގެ ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކް ކޮށްފައިވާ ވޭނެއްގައި ޖެހިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އެ ހާދިސާގައި ސައިކަލް ދުއްވަން އިން 19 އަހަރުގެ ފިރިހެނަކަށް އަނިޔާވި ކަމަށާއި، އޭނާ ފަހުން ޓްރީޓޮޕަށް ފަރުވާއަށް ގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އަނިޔާވި މީހާގެ ހާލު ކްރިޓިކަލްކަމަށެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ސައިކަލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ވޭނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ ހަފްތާގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ވެސް ވަނީ ތިން ވެހިކަލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު