ރޯދަމަހު ހަވީރު ހަތަރަކުން ރޭގަނޑު ނުވައަކަށް ސްކޫލްތަކުގައި ޙަރަކާތްތައް ނުރޭވުމަށް އަންގައިފި ތަޢުލީމާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން މިއަދު ނެރެފައިވާ ސަރކިއުލާގައި ބުނެފައިވަނީ، ރޯދަމަހު މުދައްރިސުންގެ މަސައްކަތުގެ ގަޑި ޖުމްލަ ހަތަރު ގަޑިއިރަށްވުރެ ދިގުނުވާނެ ގޮތަށް އިންތިޒާމު ކުރުމަށާއި، ރޯދަމަހު ހަވީރު ހަތަރަކުން ރޭގަނޑު ނުވައަކަށް ސްކޫލްތަކުގައި އެއްވެސް ޙަރަކާތްތައް ނުރޭވުމަށް އަންގާކަމަށެވެ.
ތަޢުލީމީ ވުޒާރާއިން ބުނީ، ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30 އާއި 9:00 އާ ދެމެދު ފަށަން ޖެހޭނެ ކަމަށާއި، އަދި މެންދުރު 15:00 ކުރިން ކިޔެވުން ނިންމަން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން، އެލްކޭޖީ/ޔޫކޭޖީ ދަރިވަރުންނަށް އެންމެ ގިނަވެގެން ކިޔަވައިދޭންވާނީ 1:30 މިނިޓަށް ކަމަށާއި، ޕްރައިމަރީ ގްރޭޑްގެ ދަރިވަރުންނަށް 2:30 މިނިޓަށް ކިޔަވައިދޭއިރު، ސެކަންޑްރީ އަދި ހައި ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދޭންވާނީ ތިން ގަޑިއިރަށް ކަމަށް ސަރކިއުލާގައި ވެއެވެ.
ހަމައެއާއެކު ސްކޫލްތަކުގައި ކިޔަވައިދިނުން ރާވަންވާނީ ވަށާޖެހޭ ގޮތަށް، މަދުވެގެން ދެ ހަފްތާގެ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަށް ކަމަށާއި، ގަޑިއެއްގެ ދިގުމިން 30 މިނެޓާއި، 45 މިނެޓާއި ދެމެދަށް ފައްތަންވާނެ ކަމަށްވެސް ތަޢުލީމީ ވުޒާރާއިން ސްކޫލްތަކަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު