ޑުރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށްލާފައި ތިބި 314 މީހަކަށް މިދިޔަ ފަސް އަހަރު މާފު ދީފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު މެންދުރު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، މިދިޔަ ސަރުކާރުގައި ރައީސްގެ އިނާޔަތުގެ ދަށުން މިނިވަން ކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ޓްރެފިކް ކުރުމުގެ ކުށުގައި ހައްޔަރުކޮށް، އެ ކުށް ސާބިތުވެފައިވާ ގިނަ ބަޔަކު ހިމެނޭ ކަމަށެވެ.
އިޙްސާން ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމް ކުރަނީ، ފުލުހުންނާއި ޕްރޮސިކިއުޓަރުން ވަރަށް ބުރަ މަސައްކަތް ކޮށްގެން ކަމަށެވެ. އެހެންކަމުން އެފަދަ މީހުންނަށް އެހާ ފަސޭހައިން މައާފު ލިބޭނެ ގޮތަށް ޤާނޫނީ ނިޒާމު ބައްޓަންވެފައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އިޙްސާން ވިދާޅުވިއެވެ.
"ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށް ލާފައި ތިބި މީހުންގެ ތެރެއިން 314 މީހަކަށް މިދިޔަ ފަސް އަހަރު ދުވަހު މާފު ދީފައި އެބަވޭ. ކުށް ސާބިތުވުމަށްފަހު މިހާފަސޭހައިން އުމުރު ދުވަހުގެ ޖަލު ހުކުމް މާފު ކުރެވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް.” އިހުސާން ވިދާޅުވި އެވެ.
އިޙްސާން މިހެން ވިދާޅުވެފައިވާއިރު، މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އުމުރަށް ޖަލަށްލާފައިވާ މީހަކު ތިން އަހަރު ދުވަހުގެ ތެރޭގައި ކުރީ ސަރުކާރުން މިނިވަންކޮށްފައި ވާތީ، ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ނިޔާޒްވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރަށްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު