ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު
ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު
ނީލަން ފިހާރަ ހިންގުމަށް ހުޅުމާލެ ފޭސް އެކަކުން ވަގުތީ ބިމެއް ހަމަޖައްސައިދީފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވީ މާލޭގައި ހިންގަމުން އައި ނީލަން ފިހާރަ އަލުން ފެށޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ސަރަހައްދުން ވަގުތީ ބިމެއް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި މިވަގުތު ކުރިއަށްދަނީ ނީލަން ފިހާރައިގެ އިން ވަކިކުރުމާއި ފުރިހަމަ ކުރަންޖެހޭ އިދާރީ އެހެނިހެން މަސައްކަތްތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މާލޭގައި ހިންގަމުން އައި ނީލަން ފިހާރަ އަލުން ފެށޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ގޮތުން އެކަމަށް ޚާއްސަ ބިމެއް ކަނޑައެޅުމަކީ 14 ވަނަ ހަފްތާގައި ފުރިހަމަ ކުރެވުނު ވައުދެއް." މިނިސްޓަރ ހައިދަރު މިއަދު ވިދާޅުވިއެވެ.

ނީލަން ފިހާރަ ހުރި ތަނުގައި އެންމެފަހުން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެތަނާއި، އެތަނާއި ޖެހިގެން ހުރި އެކޮމޮޑޭޝަން ބްލޮކް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އެކަމާ ގުޅިގެން މާލޭގައި ނީލަން ފިހާރަ ނުހިންގޭނެ ކަމަށް ނިންމާފައިވަނީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރު ކަމުގައި މާލޭ ސިޓީ ކައުންސިލުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން