ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށް 17 ރުފިޔާއަށް ފިޔާ ކިލޯއެއް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯ އިން ބުނީ، މީގެ ކުރިން ފިޔާ ކިލޯއެއް 20 ރުފިޔާއަށް ވިއްކި ނަމަވެސް، މިހާރު ފިޔާ ކިލޯއެއް 17 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށެވެ. އަދި ފިޔާ ބަސްތާއަކުން 130 ރުފިޔާ އަގުހެޔޮ ކޮށްފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. މިހާރު ފިޔާ ބަސްތާއެއް ވިއްކަމުންދަނީ 320 ރުފިޔާއަށެވެ.
އޭގެއިތުރުން އެއްފަހަރާ 10 ބަސްތާ ފިޔާ ގަންނަ ފަރާތްތަކަށް ބަސްތާއެއް 310 ރުފިޔާ އަށް، އަދި އެއްފަހަރާ 20 ބަސްތާ ގަންނަ ފަރާތްތަކަށް ބަސްތާއެއް 300 ރުފިޔާއަށް ލިބޭނެ ކަމަށް އެސްޓީއޯ އިން މަޢުލޫމާތުދެއެވެ.
އެސްޓީއޯއިން ރޯދަ މަހާ ދިމާކޮށް ރާއްޖެ ގެނައި ފިޔާ، އަލުވި އަދި ބިސް، ބާޒާރަށް ނެރިފައިވަނީ މިދިޔަ ހަފްތާގައެވެ. އެކުންފުނިން އަލުވި ކިލޯއެއް ވިއްކަމުންދަނީ 15 ރުފިޔާއަށެވެ. އަދި ބިސް ވިއްކަމުންދަނީ 1.7 ރުފިޔާގެ ރޭޓުންނެވެ.
އެސްޓީއޯއިން ބުނީ، ފިޔާ، އަލުވި އަދި ބިސް ރޯދަމަހު ހުސްވިޔަނުދީ ހިފެހެއްޓުމަށާއި، މާކެޓް ސްޓޭބަލައިޒް ކުރުމަށް ޑިމާންޑް އަދި ސަޕްލައިއަށް ބަލައިގެން، އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އެ ތަކެތީގެ ޝިޕްމަންޓް ރާއްޖެ ގެންނާނެ ކަމަށެވެ.
މީގެ އިތުރުން ބާޒާރުގައި ލުނބޯގެ އަގު ބޮޑުވާކަން ފާހަގަ ކުރެވިފައިވާތީ އެކަން ހައްލުކުރުމަށް ލުނބޯގެ ޝިޕްމެންޓެއް ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު