ގއ. މާމެންދޫ
ގއ. މާމެންދޫ
ގްރައިންޑަރެއްގެ ތިލަ ފަޅައިގެންގޮސް ގއ. މާމެންދޫ މީހެއްގެ ފައި ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޙާދިސާ ހިނގާފައިވަނީ، އަތުން ދަމާ ހަނެއް މޮޑިފައިކޮށް އޭގައި މޯޓަރެއް އަޅުވައިގެން ހެދި ގްރައިންޑަރެއް ބޭނުންކުރަނިކޮށް އޭގެ ތިލަ ފަޅައިގެންގޮސްގެނެވެ.

މިއަދު ހެނދުނު ހިނގި މި ޙާދިސާގައި ޒަހަމްވި މީހާގެ ވައަތު ފައިގެ ކަކުލާއި ކުޑަހުޅާއި ދޭތެރެއިން ވަރަށް ބޮޑަށް ކަފައިގެން ގޮސް ކަށިގަނޑަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

އޭނާއަށް މިވަގުތު ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާއިރު ހާލަތު ސްޓޭބަލް ކަމަށް މަޢުލޫމާތު ލިބެއެވެ.

އަދި އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން