މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއް
މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއް
ހުޅުމާލޭގައި ފުރަތަމަ ފިޔަވަހީގައި ބާރު ސްޕީޑުގައި ދުއްވައިފައި ދަނިކޮށް، ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.

19 އަހަރުގެ އެޒުވާނާ ނިޔާވެފައިވަނީ، އޭނާއަށް ލިބިފައިވާ ސީރިއަސް އަނިޔާތަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދުއެވެ.

މި ޙާދިސާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހުޅުމާލޭ ގުލްއަލާމާ ހިނގުމުގެ ހުޅަނގުން ހިނގި އެކްސިޑެންޓެއްގައި ސައިކަލަކާއި ވޭނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން ވަރަށް ބާރަށް ދުއްވި ސައިކަލެއްގެ ކޮންޓްރޯލް ގެއްްލި އިމިގިރްޝަންގެ ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކް ކޮށްފައިވާ ވޭނެއްގައި ޖެހިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އެ ހާދިސާގައި ސައިކަލް ދުއްވަން އިން 19 އަހަރުގެ ޒުވާނަކަށް އަނިޔާވި ކަމަށާއި، އޭނާ ފަހުން ޓްރީޓޮޕަށް ފަރުވާއަށް ގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން އޭރު ބުނެފައިވަނީ އަނިޔާވި މީހާގެ ހާލު ކްރިޓިކަލް ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ސައިކަލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ވޭނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން