ނޭޓޯގެ 32 ވަނަ މެންބަރު ގައުމުގެ ގޮތުގައި ބުރާސްފަތި ދުވަހު ސްވީޑެން އިން ނޭޓޯ އާއި ގުޅިއްޖެއެވެ.

ސްވީޑެން ނޭޓޯ އާއި ގުޅުމުގެ ހާއްސަ ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގައެވެ.

"މިއީ ބޮޑު ފިޔަވަޅެއް ނަމަވެސް، ހަމަ އެއާއެކު މިއީ ވަރަށް މުހިންމު ފިޔަވަޅެއް،" ސްވީޑެން ނޭޓޯ އާއި ގުޅުންކަން ފާހަގަކޮށް ސްވިޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަސަން ވިދާޅުވި އެވެ.

"މިއީ މިނިވަންކަމަށް ލިބުނު ކާމިޔާބީއެއް. ސްވިޑެން މިނިންމުމަކީ މިނިވަން، ޑިމޮކްރެޓިކް، ސޮވަރިން އަދި އެއްބައިވަންތަކަމުގެ މައްޗަށް ނިންމި ނިންމުމެއް."

މިހަފްލާއަށްފަހު، ސްވިޑެންގެ ބޮޑުވަޒީރު ވޮޝިންޓަނުގައި ހުންނަވައި ޓީވީން ދެއްވި ޚިޠާބުގައި ސްވިޑެން އަކީ "ކުޑަ ގައުމެއް ނަމަވެސް އަހަރުމެންނަށް ވިސްނޭ ދުނިޔޭގެ އެއްބައިވަންތަ ކަމުގެ މުހިންމުކަން ވިސްނޭ" ކަމަށް ވިދާޅުވިއެވެ.

ސްވީޑެން ނޭޓޯ އާއި ގުޅުންކަން ފާހަގަކުރައްވާ އެމެރިކާގެ ރައީސް ޖޯ ބައިޑަން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސްވިޑެންއާ އެކު ނޭޓޯ ވެގެންދާނީ "ކުރިއަށް ވުރެ އެއްބައިވަންތަ، އަޒުމް ވަރުގަދަ އަދި ޑައިނަމިކް" ބަޔަކަށް ކަމަށެވެ.

އެމެރިކާ އާއެކު އަސްކަރީ ގުޅުން އޮތް، ޔޫރަޕިއަން ޔޫނިއަންގެ ދެ މެމްބަރު ގައުމު ކަމަށްވާ ސްވިޑެން އާއި ފިންލޭންޑަކީ ތާރީހީ ގޮތުން ބަލާއިރު ސޯވިއެޓް ޔޫނިއަންއާ ދެކޮޅަށް އެއްބައިވުމަށް ފިނި ހަނގުރާމައިގައި އުފެދުނު ނޭޓޯއާ ގުޅުމާ ދެކޮޅު ހަދަމުން ދިޔަ ދެ ގައުމެވެ. ނަމަވެސް އަވަށްޓެރި ރަޝިޔާ އިން ޔުކްރެއިނަށް އަރައިގަނެ ހަނގުރާމަ ފެށުމާއެކު ނޭޓޯ އާއި ގުޅުމަށް މިދެ ގައުމުންވެސް ހުށައެޅިއެވެ،

2023 ވަނަ އަހަރުގެ އޭޕްރީލް މަހު ނޭޓޯއިން ފިންލޭންޑު ބަލައިގަތް އިރު ސްވިޑެންގެ މެމްބަރުކަން ބަލައިގަތުން ތުރުކީގެ ސަބަބުން ލަސްވެގެން ދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން