އެހީގެ ތަކެތީގެ 40 ޕަސެންޓް ގައްޒާއަށް ވެއްދުމަށް އިސްރާއިލުން ހުރަސް އަޅާ ކަމަށް އދ. އިން ބުނެފި އެވެ.

ހަނގުރާމައާ ގުޅިގެން ގައްޒާގެ ބަނޑުހައި ހޫނުކަން ތަހައްމަލުކުރަމުންދާ އިރު އެ ރައްޔިތުން ބަނޑަށް ޖެހި މަރުވެދާނެތީ ވީހާވެސް އަވަހަކަށް ކާބޯތަކެއްޗާއި އެހީ ގައްޒާއަށް ވައްދަން ޖެހޭ ކަމަށް އދ،ގެ ހިއުމަނިޓޭރިއަން ކޯޑިނޭޓަރު ޖެމީ މެކްގޯލްޑްރިކް ދަނީ ވިދާޅުވަމުން ނެވެ،

ނަމަވެސް އޭނާގެ ކަންބޮޑުވުމަކީ އެހީގެ ގޮތުގައި ތަކެތި ވެއްދުމަށް ވެސް އިސްރާއިލުން ހުރަސް އެޅުމެވެ. އެގޮތުން ގައްޒާއަށް ވައްދަން މަސައްކަތް ކުރާ 40 ޕަސެންޓް އެހީގެ ތަކެތި ވެއްދުމަށް އިސްރާއިލުން ހުރަސް އަޅާކަމަށް އޭނާ ވިދާޅުވި އެވެ.

އިސްރާއިލުން ދާދި ފަހުން ގައްޒާގައި އެހީގެ ތަކެތި ބަހަމުން ދިޔަ ތަނެއް ކައިރިއަށް ހަމަލާދީ ސަތޭކައަށް ވުރެ ގިނަ މީހުން ޝަހީދުކޮށް އެތައް ބަޔަކު ޒަަހަމްކޮށްލައިފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދޮނޯމް ދާދި ފަހުން ވިދާޅުވީ ގައްޒާއަށް ދޭ ހަމަލާތަކުން ސަލާމަތްވާ ކުޑަކުދިން ވެސް ބަނޑަށް ޖެހިގެން މަރުވެދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 30000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އިސްރާއީލުން ހަމާސްގެ ސިފައިންނަށް ކަމަށްބުނެ ފަަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މެދުކަނޑާ ނުލައިފިނަމަ، ބަރަކާތްތެރި ރަމަޟާން މަހުވެސް ފަލަސްތީނުގެ މުސްލިމުން ތިބެން ޖެހޭނީ ބިރުވެރިކަމެއްގެ ތެރޭގައެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން