އައްޑޫ ސިޓީގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ދެ ތަނެއް ބަލައި ފާސްކޮށް 10 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާރޗް 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހިތަދޫ ގެއެއް ބަލައި ފާސްކޮށް ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑްގެ ތިން އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 14 ދުވަހަށް ބަންދުގައި ބައިތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެއިތުރުން އައްޑޫ މަރަދޫގައި މާރޗް 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނަކުން ދިވެހި ފިރިހެނަކާއި އިންޑިއާގެ ފިރިހެނަކާއި ތައިލެންޑްގެ ދެ އަންހެނަކާއި މިޔަންމާގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުުހުން މަޢުލޫމާތުދެއެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ދިވެހި ފިރިހެން މީހާއާއި ތިން އަންހެނުން 10 ދުވަހަށް އަދި އިންޑިއާ ފިރިހެން މީހާ ހަތަރު ދުވަހަށް ބަންދުގައި ބައިތިއްބުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި ދެ މައްސަލަ ވެސް މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު