މާފުށީގައި ހިންގި މާރާމާރީތަކަކާ ގުޅިގެން 2 މީހަކު ހައްޔަރު ކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ކ. މާފުށީގައި ހިންގި މާރާމާރީއަކާ ގުޅިގެން އަނިޔާ ލިބިފައިވާ މީހަކަށް މާފުށީ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް މިއަދު ފަތިހު 5:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި ޒަހަމްވެފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ، މާފުށީގައި މިއަދު ހިންގި އިތުރު މާރާމާރީއަކާ ގުޅިގެން ދިވެހި 2 ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި 2 މީހުންނަކީ ފަތިހު ހިންގި މާރާމާރީގައި ބައިވެރިވި ބައެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު