އެސްޓީއޯއިން ލުނބޯ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ ރޯދަމަހާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އުފުލުން ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ލުނބޯ އެތެރެކޮށް ވިއްކަން ފަށާފައިވާ ކަމަށެވެ.
އެގޮތުން ލުނބޯ ވިއްކަން ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖުންނެވެ.
އެސްޓީއޯއިން ބުނީ ލުނބޯ ކިލޯއެއްގެ އަގަކީ 50 ރުފިޔާ ކަމަށާއި 25 ކިލޯގެ ބަސްތާއެއްގެ އަގަކީ 1175 ރުފިޔާ ކަމަށެވެ.
އެސްޓީއޯއިން ވަނީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ފިޔާގެ އަގުވެސް އިތުރަށް ހެޔޮކޮށްފައެވެ. އެގޮތުން މީގެ ކުރިން ފިޔާ ކިލޯއެއް 20 ރުފިޔާއަށް ވިއްކި ނަމަވެސް، މިހާރު ފިޔާ ކިލޯއެއް 17 ރުފިޔާއަށް ދަނީ ވިއްކަމުންނެވެ. އަދި ފިޔާ ބަސްތާއަކުން 130 ރުފިޔާ އަގުހެޔޮ ކޮށްފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. މިހާރު ފިޔާ ބަސްތާއެއް ވިއްކަމުންދަނީ 320 ރުފިޔާއަށެވެ.
އޭގެއިތުރުން އެއްފަހަރާ 10 ބަސްތާ ފިޔާ ގަންނަ ފަރާތްތަކަށް ބަސްތާއެއް 310 ރުފިޔާ އަށް، އަދި އެއްފަހަރާ 20 ބަސްތާ ގަންނަ ފަރާތްތަކަށް ބަސްތާއެއް 300 ރުފިޔާއަށް ލިބޭނެ ކަމަށް އެސްޓީއޯ އިން މަޢުލޫމާތުދެއެވެ.
އެސްޓީއޯއިން ރޯދަ މަހާ ދިމާކޮށް ރާއްޖެ ގެނައި ފިޔާ، އަލުވި އަދި ބިސް، ބާޒާރަށް ނެރިފައިވަނީ މިދިޔަ ހަފްތާގައެވެ. އެކުންފުނިން އަލުވި ކިލޯއެއް ވިއްކަމުންދަނީ 15 ރުފިޔާއަށެވެ. އަދި ބިސް ވިއްކަމުންދަނީ 1.7 ރުފިޔާގެ ރޭޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު