މަޖިލީހުގެ މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް ތަބާނުވުމަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ޤަވާއިދުގެ 49 ގައި ކުރިން ހިމެނުނު މާއްދާތަކަކީ ގާނޫނު އަސާސީ 278 ރޫހާ ހިލާފު މާއްދާތަކެއް ކަމަށް ސުޕްރީމްކޯޓުން ނިންމާފައިވާއިރު، އޭގެ ފަހުން މަޖިލީހުގެ 242 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ މަފްހޫމަކީވެސް އެއް ނަތީޖާއެއް ކަމަށެވެ.
އެހެންކަމުން އެމާއްދާއަށް ޢަމަލުކުރެވެން ނެތްކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕީޖީ ލީޑަރ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން މަޖިލީހުގެ ޤަވާއިދަށް ބަދަލެއް ގެންނަން ޖެހޭކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
އެކަމާމެދު ވަކި ގޮތެއް ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި މަޖިލީހުގެ ކޯރަމް އަދި ޖުމުލަ މެންބަރުން ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ނުހިމެނުމަށް ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނެވެ. ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
އެހުށައެޅުން ފާސްވީ 25 މެންބަރުންގެ ވޯޓުންނެވެ. ފާސްނުކުރަން ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.
މަޖިލީހުގެ ހަތް މެންބަރުން އިސްތިއުފާ ދެއްވި ނަމަވެސް އެ ދާއިރާތަކަށް އާ މެންބަރުން އިންތިޚާބު ނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމީ 20 ވަނަ މަޖިލީހުގެ އިންތިޚާބަށް ހަ މަސް ދުވަސް ނެތުމުން، ބައި-އިލެކްޝަނެއް ބާއްވައި އިތުރު މެންބަރެއް އިންތިޚާބުކުރުމުގެ ފުރުސަތު ގާނޫނުން ލިބިދީފައި ނެތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު