އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު
ސަލާހުއްދީން ސްކޫލް ދެ ދަންފަޅިއަށް ބަދަލުކޮށްގެން ވިޔަސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ ތައުލީމު ކަށަވަރު ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން، ދެވަނަ ފިޔަވަހިން ސްކޫލް ޖާގައަށް އެދި މިނިސްޓްރީއަށް ތަކުރާރުކޮށް ހުށަހަޅަމުންދާ މައްސަލައާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ، ދެވަނަ ފިޔަވަހިން ސްކޫލް ޖާގައަށް އެދި މިއަދާއަހަމައަށް 800 އަށްވުރެ ގިނަ ހުށަހެޅުން ލިބިފައިވާ ކަމަށެވެ.

އަދި މި ތައުލީމީ އަހަރު ނިމޭއިރު މި އަދަދު 1000އަށް ވުރެ އިތުރުވާނެކަމަށް މިނިސްޓަރު ލަފާކުރައްވައެވެ.

އެކަމާ ގުޅިގެން މިނިސްޓަރ ވިދާޅުވީ، ސަލާހުއްދީން ސްކޫލް ދެ ދަންފަޅީއަށް ބަދަލުކޮށްގެން ކަމުގައިވިޔަސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ ތައުލީމު ކަށަވަރު ކުރާނެ ކަމަށާއި، މިއީ ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބޭނޭ ވަރަށްބޮޑު ލުޔެއް ކަމަށެވެ.

"މީގެ ކުރިންވެސް އަޅުގަނޑު ފާހަގަކޮށްފައިވާނޭ ފަދައިން މި ހާލަތު މެދުވެރިވީ ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ އާބާދީ އިތުރުވާނެ މިންވަރު ދެނެގަނެ، އަންދާޒާ ކުރެވޭ ދަރިވަރުންގެ އަދަދަށް ރިއާޔަތްކޮށް ސްކޫލް އެޅުމުގައި އިހުމާލުވެފައިވާތީ." މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން