އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހު
އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހު
ކަނޑުމަގުން މުދާ ގެނެސް، ވައިގެ މަގުން ދުނިޔޭގެ އެހެން ކަންކޮޅުތަކަށް ފޮނުވައިދޭ "ސީ ޓު އެއަރ" ކާގޯ ޓްރާންސްޝިޕްމަންޓް ޚިދުމަތް ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނިންމައިފިއެވެ.

އެމް.ޕީ.އެލް އިން މިއަދު ބުނީ ދިވެހިރާއްޖޭގައި އަލަށް "ސީ ޓު އެއަރ" ކާގޯ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ކުރިއަށް ގެންދާނީ އެމް.ޕީ.އެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ބައިނަލްއަޤްވާމީ އެއާލައިންތައް ގުޅިގެން ކަމަށެވެ.

މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މި ޚިދުމަތަކީ އެމް.ޕީ.އެލްގެ އާމްދަނީ އިތުރުކޮށް، ކުންފުނީގެ ވިޔަފާރި އާ ދައިރާތަކުން ކުރިއަށް ގެންދިއުމަށް ކުންފުނީގެ މެނޭޖްމަންޓުން އެކުލަވާލާފައިވާ ޕްލޭންތަކުގެ ދަށުން ފަށާ ޚިދުމަތެއް ކަމަށް އެމް.ޕީ.އެލް އިން ވަނީ ބުނެފައެވެ.

"މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެކެވެ. އެގޮތުން ރާއްޖެ އަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުމެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލުތަކެކެވެ." އެމްޕީއެލް އިން ހާމަ ކޮށްފައިވެއެވެ.

އެމް.ޕީ.އެލް އިން މިހާރު ވަނީ މި ޚިދުމަތަށް ނަގާ އަގުތައްވެސް އާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން