އދ އިން ފަލަސްތީނަށް އެހީ ފޯރުކޮށްދޭ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްތީނިއަން ރެފިއުޖީސް އަށް އަލުން ފަންޑިންގ ދިނުމަށް އޮސްޓްރޭލިޔާއިން ނިންމައިފިއެވެ.

އޮސްޓރޭލިޔާގެ ފޮރިން މިނިސްޓަރ ޕެނީ ވޮންގ ވިދާލުވީ މިގޮތަށް ކަން ކުރަން ނިންމީ އދ ގެ އިދާރާތަކާއި މަޝްވަރާކޮށް، އޮސްޓްރޭލިޔާ ސަރުކާރުގެ ވަކީލުންގެ އިރުޝާދާއި އެއްކޮށެވެ. އޮސްޓްރޭލިޔާއިން މިނިންމުން ނިންމައިފައިވަނީ ސްވިޑެން، ކެނެޑާ އަދި ޔޫރަޕިޔަން ކޮމިޝަނުން ފަންޑިންގ ދިނުމަށް އަލުން ނިންމާފައި ވަނިކޮށެވެ.

އޮސްޓްރޭލިޔާ ހިމެނޭހެން 15 ގައުމަކުން އެއިދާރާއަށް މާލީ އެހީ ފޯރުކޮށްދިނުން ހުއްޓާލައިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ ދައުރެއް އޮތް ކަމަށް ބުނާ މައްސަލައާއި ގުޅިގެންނެވެ. މި މައްސަލަ ވަނީ އދ އިން ތަހުގީގުކޮށް ބަޔެއް މުވައްޒަފުންނަށް ފިޔަވަޅު އަޅާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 30000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން