މާފުށީ ޖަލު
މާފުށީ ޖަލު
ފޭރުމުގެ މައްސަލަތަކެއްގައި 3 މީހުން ހައްޔަރުކޮށް މުއްދަތު ޖަހައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާލޭގެ ކެފޭއަކަށް ވަދެ، އެތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކަށް ބިރުދައްކާ ފައިސާތަކެއް ފޭރެން އުޅުނު މައްސަލާގައި 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ޙާޏިރު ކުރުން އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފަ އެވެ.

ހަމައެއާއެކު ބިދޭސީއެއްގެ ފޯނެއް ފޭރެން އުޅުނު މައްސަލާގައި 43 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.

އޭގެ އިތުރުން ކަޓަރަކުން ބިރު ދެއްކުމަށްފަހު 17 އަހަރުގެ ކުއްޖެއްގެ މޯބައިލް ފޯނު ފޭރުނު މައްސަލާގައި ހައްޔަރުކުރީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.

ފުލުހުން ބުނީ އެމައްސަލަތައް ތަޙުޤީޤު ކުރަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން