ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު
ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު
ރޯދައިގެ ފަހުން ޢަރަބިއްޔާ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށޭނެ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ޢަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި މިސަރުކާރުން ކަނޑައަޅުއްވާފައިވަނީ ކުރީގައި ކުނިކޮށި ހުރި 381 ނަންބަރު ކޮށްޓެވެ.

އެކަމާ ގުޅިގެން ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ޢަރަބިއްޔާ ސްކޫލް އެޅުމަށް ހަމަޖެހިފައިވާ ބިން ސާވޭ ކުރިއިރު، އެ ބިމުގެ އަޑީގައި ގިނަ ޢަދަދަކަށް ކުނި ހުރުމުން ޢިމާރާތުގެ ކުރެހުމަށް ބައެއް ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން ލޭންޑް ފިލްކުރަން ނުވަތަ ޝީޓްޕައިލް ކުރަން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ބިމުގެ ސާވޭގެ މައްޗަށް ބިނާކޮށް ކުރެހުމަށް ގެންނަން ޖެހޭ ބަދަލުތައް ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެ ކަމަށާއި ރޯދައިގެ ފަހުން އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ އަމާޒަކީ 2026 ގައި އެސްކޫލުގައި ކިޔަވައި ދިނުމަށް ފެށުން ކަމަށެވެ.

ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'ދިވެހީންގެރާއްޖެ' މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެކެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް ޢަރަބިއްޔާ ސްކޫލު އެޅުމުގެ މަސައްކަތް ފެށުމަކީވެސް އެމަނިކުފާނު ވަޢުދުވެޑައިގެންފައިވާ ކަމެކެވެ.

ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ގެންދަނީ ވަރަށް ގިނަ ދަތިއުނދަގޫތައް ތަޙައްމަލު ކުރަމުންނެވެ. އަދި އެކަމުގެ ޝަކުވާތައް އެ ސްކޫލުގެ ބެލެނިވެރިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އުފުލަމުންގެންދާތާ ވަނީ އެތައް ދުވަސްތަކެއް ވެފައެވެ.

ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ބިނާކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން