އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
ސްކޫލްތަކުގެ މަޝްރޫޢުތަކަށް ކުރީ ސަރުކާރުން ނުދައްކާހުރި 93 މިލިއަން ރުފިޔާ މިސަރުކާރުން ދައްކާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝަފީޢު ވިދާޅުވީ ސްކޫލްތަކުގައި ކްލާސްރޫމްތައް އިމާރާތްކުރުމަށް މިދިޔަ ސަރުކާރުން ފެށި ގިނަ މަޝްރޫއުތަކެއްގެ ފައިސާ ކޮންޓްރެކްޓަރުންނަށް ދިނުން ލަސްވުމުގެ ސަބަބުން މަސައްކަތްތައް ހުރީ ހުއްޓިފައި ކަމަށެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ތައުލީމީ ދާއިރާއާއި ގުުޅުން ހުރި 107 މަޝަރޫއެއްގެ މަސައްކަތް މިދިޔަ ސަރުކާރުން ފަށާފައިވާކަށެވެ.

އެހެންނަމަވެސް ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުން ލަސްވެގެން ގިނަ މަސައްކަތްތަކެއް ހުއްޓިފައި ހުރިކަމަށާއި އެހެންކަމުން މިހާތަނަށް 93 މިލިއަން ރުފިޔާ ކޮންޓްރެކްޓަރުންނަށް ދައްކާފައިވާކަމަށް ޝަފީއު ވިދާޅުވިއެވެ.

“މިހާރު ގާތްގަޑަކަށް އެ ބިލްތަކަށް 90 ވަރަކަށް މިލިއަން 128 މިލިއަންގެ ތެރެއިން އަޅުގަނޑުމެނަށް ޕޭ ކުރެވިއްޖެ.” މިނިސްޓަރ ޝަފީޢު ވިދާޅުވިއެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ މިދިޔަ ސަރުކާރުން ހިންގަމުންދިޔަ މަޝްރޫއުތަކާއި މި ސަރުކާރުން ފެށި މަޝްރޫއުތަކާއެކު ތަޢުލީމީ ދާއިރާއާއި ގުޅުންހުރި ޖުމްލަ 130 މަޝްރޫއެއް މިހާރު ރާއްޖޭގައި ހިނގަމުން އަންނަކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން