މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު
މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު
ހުޅުމާލެއަށް ވީހާވެސް އަވަހަކަށް 6 ސްކޫލު ބޭނުންވާ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝަފީޢު ވިދާޅުވީ ހުރިހާ ދަރިވަރުންނަށް ތައުލީމުގެ ޔަގީންކަން ކަށަވަރުކުރަން ހުޅުމާލެއަށް ވީހާވެސް އަވަހަކަށް އިތުރު ހަ ސްކޫލު ބޭނުންވާ ކަމަށެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ހުރީ ސަލާހުއްދީން ސްކޫލު އެކަނި ކަމަށާއި އެ ސްކޫލަށް ވަންނަން މިދިޔަ ހަފުތާއާ ހަމައަށް 800 އަށްވުރެ ގިނަ ރިކުއެސްޓް ލިބިފައިވާ ކަމަށެވެ. އަދި، މިހާރު އެ އަދަދު ހާހަކަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަތާރަ ސަތޭކަ ކުދިންގެ ޖާގައިގެ ސަލާހުއްދީން ސުކޫލުގައި މި ވަގުތު ވެސް 2،053 ކުދިން ކިޔަވަ އެވެ.

“ތަޢުލީމު ކަށަވަރު ކުރެވޭނީ ހަ ސްކޫލު ވީހާ ވެސް އަވަހަކަށް ހުޅުމާލޭގައި ގާއިމުކުރެވިގެން،” ޑރ. ޝަފީޢު ވިދާޅުވިއެވެ.

އަދި ހުޅުމާލޭ ސަލާހުއްދީން ސްކޫލު ދެ ދަންފަޅިއަށް ބަދަލުކުރީ ކުދިން ގިނަކަމުން ތައުލީމުގެ ޔަގީންކަން ދަރިވަރުންނަށް ކަށަވަރުކުރަން އިތުރު ގޮތެއް ނެތުމުން ކަމަށްވެސް މިނިސްޓަރ މިއަދު ވިދާޅުވިއެވެ.

“އެއީ ހިތަށް ފަސޭހަވެގެން ކޮށްލި ކަމެއް ނޫން. އެއަށް ވުރެ މާމުހިއްމު މާލާޒިމު ކަންތައްތަކެއް އެޑިއުކޭޝަން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭތީވެ ކުރިކަމެއް އެއީ.” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ ހުޅުމާލޭގައި ދެ ސެޝަނަށްވެސް ކޭޓާ ކުރެވޭނީ ފޭސް ވަން އަށް މަދުވެގެން ދެ ސްކޫލު އަދި، ފޭސް ދޭކަށް ހަތަރު ސްކޫލު ލިބިގެންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން