ދިވެހި ފުލުހުންގެ މުސާރަ 35 އިންސައްތަ ބޮޑުކޮށްފައިވާކަމަށް ފުލުހުންގެ ހިދުމަތުގެ ސްޕޯކްސްޕާސަން އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ޝިފާން މިއަދު ވިދާޅުވީ، ސަރުކާރުން ފުލުހުންގެ މުސާރަ މިމަހުން ފެށިގެން 35 އިންސައްތަ ބޮޑުކޮށްދީފައިވާ ކަމަށާއި އެގޮތުން އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން މަގާމުގެ އެލަވަންސްއާއި ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭ ގޮތުން ދެވޭ އެލަވެސްންސް ކަމަށް ޝިފާން ވިދާޅުވިއެވެ.
އޭގެ އިތުރުން ފުލުހުންގެ މުސާރައިގެ އޮނިގަނޑު ޒަމާނީކޮށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެލަވަންސް ތައާރަފްކުރުމުގެ ގޮތުން ކުރިން ދެމުން ގެންދިޔަ އެލަވަންސް ތަކަށް ބަދަލުގެނެސްފައިވާކަމަށް ވެސް ޝިފާންވަނީ ވިދާޅުވެފައެވެ.
ނަމަވެސް، އޭގެ ތަފުސީލުތަކެއް ދެއްވާފައެއް ނުވެއެވެ. ޝިފާން ވިދާޅުވީ، މިއީ 2009 ވަނަ އަހަރުގެ ފަހުން ފުލުހުންގެ މުސާރަ އަސާސީ މުސާރައާއިއެކު ބޮޑުކުރި ފުރަތަމަ ފަހަރުކަމަށެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންކަމުން މި މަހުން ފެށިގެން ސިފައިންގެ މުސާރަ ވެސް މިހާރުވަނީ ބޮޑުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު