ދެ މީޙަކު ގުޅިގެން މާލޭގެ ފިހާރަތަކުން ވައްކަންކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.
މީސްމީޑިއާގައި ވައިރަލްވެފައިވާ ވީޑިއަކުން ފެންނަ ގޮތުގައި ދެ ފިރިހެނަކު އެކި ފިހާރަތަކަށް ގޮސް ގުޅިގެން ދަނީ ވައްކަން ކުރަމުން ނެވެ.
އެގޮތުން އެކަކު ފިހާރައިގެ ސޭޓާ ވާހަކަ ދައްކަން ހުންނައިރު އަނެކަކު ވައްކަން ކުރަނީ އެވެ.
އާންމުވެފައިވާ ވީޑިއޯ ފުޓޭޖުން އެ މީހުންގެ ހަރަކާތްތައް ވަރަށް ރީއްޗަށް ފެނެއެވެ. ބެލެވޭ ގޮތުގައި އެއީ ދިވެހި ދެ ފިރިހެނުން ނެވެ.
މިއީ އާންމުކޮށް ވަގުން ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ވައްކަން ކުރަން ގެންގުޅޭ އުކުޅެކެވެ. ހާއްސަކޮށް ކުދި ފިހާރަތަކުގައި މާ ގިނަ ސޭޓުން ނުތިބޭއިރު ވަގު ގޮސް އެއްޗެއް ގަންނަން ކަމަށް ހަދައި ސޭޓު މީހާއާ ވާހަކަ ދައްކަން ހުންނައިރު ސޭޓު މީހާއަށް ދެން ތިބޭ މީހުންގެ ހަރަކާތްތަކަށް ފާރަވެރިވާން އޮންނަނީ ނުކުޅެދިފަ އެވެ.
މާލޭގެ ފިހާރަތަކުން ވައްކަން ކުރުމަކީ ވަރަށް އާންމުކޮށް ހިނގާ ކަމެކެވެ. އަދި ވަގަށް ނަގާ ތަކެތި ނުއަގުގައި މާލޭގެ މަގުތަކުގައި ވިއްކަންވެސް އުޅޭ ތަން ފެނެއެވެ.
މި ފަހުން މާސްކު އަޅައިގެން ހުރެ މާލޭގެ ފިހާރަތަކަށް ވަދެ ތޫނު އެއްޗަކުން ބިރު ދެއްކި މީހަކު ވެސް ހޯދައި ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު