އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން ފޮޓޯ އާއްމު ކޮށްފިއެވެ.

ފުލުހުން ބުނީ، އެމީހާ އެމީހާ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ ސ. ހިތަދޫ / އޮނިތޮށިގެ މުހައްމަދު ނާޝިދު(53އ)، އެވެ.

އެގޮތުން މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށްޓަކައި މި މަހުގެ 28 ވަނަ ދުވަހުގެ 10:00 އަށް އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރު ވުމަށް ފުލުހުން ވަނީ ނާޝިދަށް އަންގާފައެވެ.

ނާޝިދު ހޯދުމަށް ފުލުހުން އިޢުލާނު ކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށް ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން