ސްކޫލް ޒޯންތަކަށް އުދަގޫވާހެން ޕާކް ކޮށްފައިހުރި 31 ވެހިކަލް ރޭ ޓޯކޮށްފައި ވާނެކަމަށް ފުލުހުން ބުނެފިއެވެ.

ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމަށް ފުލުހުން މަސައްކަތް ފަށާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ފުލުހުން ވަނީ އެރޭ އަމީނީ މަގުން 15 އުޅަނދެއް ޓޯ ކޮށްފައެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ރޭ މާލެއިން 40 އުޅަނދެއް ޓޯ ކޮށްފައި ވާއިރު، 14 ވަނަ ދުވަހުގެ ރޭ 48 ވެހިކަލް ޓޯ ކޮށްފައިވެއެވެ.

އޭގެ އިތުރުން، ނުގަވައިދުން ޕާކު ކޮށްފައިވާ 41 އުޅަނދެއް ހޯމަ ދުވަހުގެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، އަންގާރަަ ދުވަހުގެ ރޭ، ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލް ވަށައިގެންވާ ސަރަޙައްދުގައި ގަވައިދާ ހިލާފަށް ޕާކް ކޮށްފައިވާ 60 ވެހިކަލް ޓޯ ކޮށްފައި ވާނެ ކަމަށް ފުލުހުން ބުނެއެވެ.



ފުލުހުން ބުނެފައިވަނީ މަގުތައް ތަރުތީބުކޮށް ބޭއްވުމުގައި އެންމެންގެ އެއްބާރުލުން މުހިންމު ކަމަށެވެ. އަދި މާލޭގެ ޕާކިންގ މައްސަލަ ހައްލުކުރަން ޕާކު ކުރުމަށް ހާއްސަ ހަތަރު އިމާރާތެއް އަޅަން މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ ނިންމައިފަ އެވެ.

ޕާކިންގެ އިތުރުން މާލޭގައި ބޭނުން ނުކޮށް ޕާކުކޮށްފައި ހުންނަ ބާ އުޅަނދުގެ މައްސަލަވެސް ބޮޑެވެ. އެފަދަ 200 އަށް ވުރެ ގިނަ އުޅަނދު މަގުތަކުން ނަގައި ދާދި ފަހުން ވަނީ ނައްތާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން