ވީނުވީއެއް ނޭނގި ގެއްލިގެން ހޯދުމަށް ރޭ އިޢުލާނުކުރި ދިވެހި ޒުވާނާ ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން އިއްޔެ ބުނެފައި ވަނީ، މއ. ޕެރީހީލިއަން، އަކްރަމް އަދީލް ސައީދު (25އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށެވެ.

އެގޮތުން އޭނާ ގެއްލިގެން އިއްޔެ ރޭ 19:22 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ މާރިޗް 23 ވަނަ ދުވަހުގެ 13:15 ހާއިރު، އޭނަ މިހާރު ދިރިއުޅޭ، ހުޅުމާލެ ފޭސް 2، އެޗް 15 އިން ކަމަށް އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ ޒުވާނާ ރޭ ހުޅުމާލެއިން ފެނިފައިވާ ކަމަށެވެ.

ނަމަވެސް އެކަމާބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން