ފާތިމަތު ނަޒީފާ އަޙްމަދު   27 މާރިޗު 2024 - 11:14
މަކަރާ ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ފޮޓޯ އާއްމު ކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަމުންދާ ކަމަށެވެ.

ނަމަވެސް އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ އޭނާ ހޯދުމަށް ފުލުހުން ވަނީ ފޮޓޯއެއް އާއްމުކޮށްފައެވެ.

އެހެންކަމުން، ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަން ނަމްބަރު 9980062 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

"މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަން" ފުލުހުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން