މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަަފްސީލު ރައްޔިތިތުންނަށް ހާމަކުރަން ފުލުހުންނަށް އަންގައިފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މާލެއާއި ހުޅުމާލޭގައި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 14 އަށް ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި 119 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށް ދަޢުލަތުން ވަނީ ދަޢުވާ އުފުލާފައެވެ. އެއީ އަލީ ޒުބައިރު، އަހްމަދު ސުނައިން އަދި އަހުމަދު މުޖާހިދުގެ މައްޗަށެވެ.

އެ މައްސަލިގެ ޝަރީއަތް މިދިޔަ ހަފްތާފައި ނިމުނު އިރު ޒުބައިރުގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖުރިމަނާ ކުރި ނަމަވެސް އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި އެކްސްއެއްގައި ވިދާޅުވީ އެ ފަދަ ކޭސްތައް ރިވިއުކޮށް ރައްޔިތުންނަށް ހުރިހާ ތަފްސީލެއް ހާމަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް މިއަދު ދަންނަވާފައިވާނެ ކަމަށެވެ.

މި މައްސަލައަކީ މި ފަހުގެ ތާރީޙެއްގައި ރާއްޖެއިން އެންމެ ގިނަ އަދަދަަކަށް މަސްތުވާތަކެތި އަތުލައިގަތް ކޭސް އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން