ބްރިޖު ހައިވޭއަށް އަރަންދިޔަ ޓެކްސީއެއް ޓްރެފިކް ފުލުހެއްގެ ގައިގައި ޖެހި ފުލުސްމީހާއަށް ގެއްލުންވި މައްސަލާގައި އެ ޓެކްސީ ދުއްވި މީހާ ހައްޔަރުކޮށްފިއެވެ.
މިއަދު ހަވީރު ހިނގި އެ އެކްސިޑެންޓްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައިވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި އެއަރޕޯޓުން ބްރިޖު ހައިވޭއަށް އަރަންދިޔަ ޓެކްސީއެއްވަނީ ކޮންޓްރޯލްނުވެ ގޮސް އެތަނުގައި ޓްރެފިކް ބަލަހައްޓަންހުރި ފުލުހެއްގެ ގައިގައި ޖެހިފައެވެ. އަދި އެ ފުލުސް މީހާ ވަރަށް ބާރަށް ވެއްޓޭތަން ފެނެއެވެ.
މި މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން މިރޭ ވިދާޅުވީ، އެ މައްސަލާގައި އަނިޔާވި ފުލުސް މީހާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެ ކާރު ދުއްވި މީހާ ހައްޔަރުކޮށް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު