އެސްޓީއޯއިން އިނގުރާއި ލޮނުމެދު އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ، އިނގުރާއި ލޮނުމެދުގެ އިތުރު ޝިޕްމެންޓެއް ގެނެސް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިހާރު ވިއްކަން ފަށާފައިވާ ކަމަށެވެ.

އެގޮތުން އިނގުރު ބަސްތާއެއް 273 ރުފިޔާއަށް ވިއްކާއިރު، ފަސް ބަސްތާ ގަންނަ ފަރާތްތަކަށް، ބަސްތާއެއް 263 ރުފިޔާއަށް ވިއްކަން ހަމަޖެހިފައި ވާކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ލޮނުމެދު ބަސްތާއެއް ވިއްކަނީ 302 ރުފިޔާއަށެވެ. އަދި ފަސް ބަސްތާ ގަންނަނަމަ، ބަސްތާއެއް 292 ރުފިޔާއަށް ވިއްކަން އެ ކުންފުނިން ވަނީ ނިންމާފައެވެ.



އެސްޓީއޯއިން ވަނީ ރޯދަ މަހާ ދިމާކޮށް ފިޔާ، އަލުވި، ލުނބޯ އަދި ބިސް، ވެސް ބާޒާރަށް ނެރެފައެވެ. އެކުންފުނިން އަލުވި ކިލޯއެއް ވިއްކަމުންދަނީ 15 ރުފިޔާއަށެވެ. އަދި ބިސް ވިއްކަމުންދަނީ 1.70 ރުފިޔާގެ ރޭޓުންނެވެ.

އޭގެ އިތުރުން ލުނބޯ ކިލޯއެއް 50 ރުފިޔާއަށް ވިއްކަމުން ދާއިރު، 25 ކިލޯގެ ބަސްތާއެއް ވިއްކަނީ 1175 ރުފިޔާއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން