އެކި މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން މިމަހުގެ 1 ވަނަ ދުވަހު ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ، 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފަންކާއެއް ހިފައިގެން ދަނިކޮށް އޭޕްރީލް 1 ވަނަ ދުވަހުގެ ވަގުތެއްގައި ކުށުގެ ވެށިން ކަމަށާއި އަދި މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ކުރަމުންދިޔަ މަސައްކަތުން، ވަގަށް ނަގާފައިވާ ފަންކާތަކެއް ވިއްކާލާފައިވަނިކޮށް މިހާރުވަނީ ހޯދާފައި ކަމަށެވެ.
ފުލުހުންބުނީ ވަގަށް ނަގާފައިވާ 6 ފަންކާއެއް އެކި ދުވަސްމަތިން ފުލުހުން ހޯދާފައިވާކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މިސްކިތަކުން ފެން މޯޓަރު ވަގަށް ނަގާފައިވާ މައްސަލާގައިވެސް ތުހުމަތުކުރެވޭ މީހާކަމަށެވެ. އެހެންކަމުން އެ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު