ފުވައްމުލަކުގައި ރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އެ ރަށު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސްކަމަށް އިއްޔެ ފުލުހުން ބުނެފައި ވެއެވެ. އެއީ 32 އަހަރުގެ ޒުވާން ދިވެހި ފިރިހެނެކެވެ.

އެ ހާދިސާއަށް 24 ގަޑިއިރުވީ ތަނާ ރޭ ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ފުވައްމުލަކުގެ ދިގުވާޑު ނައިބު ތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގައި ޖެހި އެކްސިޑެންޓެއް ވަނީ ހިނގައިފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ ރޭ 23:45 ހާއިރު ކަމަށެވެ.

އެ ހާދިސާގައި 27 އަހަރުގެ ފިރިހެނަކަށް އަނިޔާވި ކަމަށާއި އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން