ރައްޔިތުންގެ މަޖިލީހަށް ތައާރަފުކުރާ އީ-ޕެޓިޝަން ނިޒާމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނެފައިވަނީ އެ އިދާރާ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް ގުޅިގެން ތައާރަފުކުރުމަށް ހަމަޖެހިފައިވާ އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތު ކަރުދާހަށް މިއަދުން ފެށިގެން ހިޔާލު ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން ޕެޓިޝަން ކޮމިޓީގެ އީމެއިލް އެޑްރެސް އަށާއި، މަޖިލީހުގެ އިދާރާއަށްވެސް ހިޔާލު ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އޭގެއިތުރުން އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތު ކަރުދާހުގައި ހިމެނޭ މަފްހޫމްތަކާއި ނިޒާމު ތަރުތީބުވެފައިވާ ގޮތް ތަފްސީލުކޮށް ދިނުމަށް ސަރުކާރުގެ ވުޒާރާތަކާއި ސިޔާސީ ޕާޓީތަކާއި، ޔުނިވާސިޓީ އަދި މަދަނީ ޖަމިއްޔާތަކަށް ބާއްވާ ބައްދަލުވުންތައް އޭޕްރީލް 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ހަމައެއާއެކު އާންމުންނަށް ބާއްވާ ބައްދަލުވުން އޭޕްރީލް 25 ވަނަ ދުވަހުގެ ހަވީރު 16:00 ގައި އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.

އިއުލާނުގައިވާގޮތުން ހިޔާލު ނުވަތަ ކޮމެންޓު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 29 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން