ހުޅުމާލެ ހޮސްޕިޓަލްގެ ޓަރޝަރީ ޢިމާރާތް ބިނާކުރުމަށް ބޮޑު ޕްލޭނެއް ރާވާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑީއާ އަކަށް ދެއްވި ބަސްދީގަތުމެއްގައި ސީއީއޯ އަބްދުއްރައްޒާޤު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުގެ ގޯތިތެރޭގައި އިތުރު 10 ބުރީގެ އިމާރާތެއް ޤާއިމް ކުރުމަށް ޕްލޭންކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ފައިނޭންސް ހޯދުމުގެ މަސައްކަތް ކަމަށެވެ.

ސީއީއޯ އަބްދުއްރައްޒާޤު ވިދާޅުވީ އަމާޒަކީ ހޮސްޕިޓަލް ޢިމާރާތްކޮށް 3 އަހަރުގެ ތެރޭގައި ޚިދުމަތްދޭން ފެށުން ކަމަށެވެ. އަލަށް ބިނާކުރާ އިމާރާތުގައި 250 އެނދާއި އިތުރު ޕްރައިވެޓް ރޫމުތަކެއް ޤާއިމް ކުރުމަށް ޕްލޭންކޮށްފައިވާކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.

“ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މި ޢިމާރާތް ޤާއިމް ކުރެވިއްޖެކަމަށް ވަނީނަމަ ހުޅުމާލޭ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގެ ޚިދުމަތް ދެވޭ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ.” ސީއީއޯ އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގައި ޑައެލެސިސް ހެދުމަށް 29 އެނދު އިތުރު ކުރުމުގެ މަސައްކަތް މިބަންދަށްފަހު ފަށާނެކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވަސީލަތްތައް މަދުވުންކަމަށާއި އެކަން ހައްލުކުރުމަށް މިއަހަރުތެރޭގައި 4 އޮޕަރޭޝަން ތިއޭޓަރު ޤާއިމުކޮށް، އެންއައިސީޔޫ އާއި އައިސީޔޫގެ ޚިދުމަތްވެސް ފަށާނެ ކަމަށް ސީއީއޯ އަބްދުއްރައްޒާޤު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން