އާއިލާއަށް ޚަބަރެއް ނުވެ ގެއްލިގެން ހޯދަމުންދިޔަ ގއ. ދާންދޫ އަންހެން މީހާ މާލޭގައި ހުއްޓާ ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ރޭ 23:10 އެހާކަންހާއިރު މާލެއިން ފެނިފައިވާ ކަމަށާއި, އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ގއ ދާންދޫ, ނޫވިލާ, ޢުމުރުން 44 އަހަރުގެ ޝަޒިއްޔާ އިބްރާހިމްގެ ޚަބަރެއް އާއިލާއަށް ނުވެގެން ގެއްލިފައިވާ ކަމަށް މިމަހުގެ 8 ވަނަ ދުވަހުގެ 10:55 އެހާކަންހާއިރު ޢާއިލާއިން ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

އަދި އޭނާ ގެއްލިގެން ރިޕޯޓުކުރުމާއެކު ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ ޝަޒިއްޔާ އިބްރާހިމް ދިރިއުޅެނީ މާލޭގައި ކަމަށާއި, އޭނާގެ ފޯނަށް ނުގުޅޭތާ ތިން ހަފްތާ ވެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން