ތެޔޮ ރައްކާކުރާ ފުނަދޫ
ތެޔޮ ރައްކާކުރާ ފުނަދޫ
މާލެ އަތޮޅު ފުނަދޫ އެސްޓީއޯގެ ފިއުލް ސްޓޯރޭޖް ބަދަލުކުރުމަށްޓަކައި ތިލަފުށި ކައިރީގައި އޮންނަ ކ. މާގިރި ހިއްކުމުގެ މަސައްކަތް ދޮޅު އަހަރު ތެރޭގައި ނިމޭނެ ކަމަށް މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އޮންލައިން މީޑީއާ އަކަށް ދެއްވި ބަސްދީ ގަތުމެއްގައި ޝިމާދު ވިދާޅުވީ ތެލުގެ ވިޔަފާރިއަކީ އެސްޓީއޯ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރި ކަމަށާއި ފުނަދޫ ތެޔޮ ސްޓޯރޭޖް ބަދަލުކުރަން ހިއްކަމުންދަނީ ކ.ތިލަފުށި ކައިރީގައި އޮންނަ މާގިރި ކަމަށެވެ.

ފުނަދޫ ފިއުލް ސްޓޯރޭޖް މާގިރިއަށް ބަދަލުކުރަނީ ފުނަދޫގެ ޖާގަ ކުޑަވުމުގެ ސަބަބުން ކަމަށާއި މިހާރު 50،000 ޓަނާއި 80،000 ޓަނުގެ ވެސަލްގައި ތެޔޮ ނުގެނެވޭކަމަށް ޝިމާދު ވިދާޅުވިއެވެ.

ފުނަދޫގައި މިހާރު ރައްކާކުރެވެނީ ގާތްގަނޑަކަށް 50،000 ޓަނުގެ ޑީސަލާއި 10،000 ޓަނުގެ ޕެޓްރޯލް ކަމަށް އެސްޓީއޯ އިން މަޢުލޫމާތު ދެއެވެ.

ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ސްޓޯރޭޖް މާގިރިފަޅަށް ބަދަލުކުރުމަށް ފަހު ސަރުކާރުން ނިންމާފައިވަނީ ފުނަދޫގައި ފައިނޭންޝަލް ސެންޓަރެއް ޤާއިމް ކުރުމަށެވެ.

ފިއުލް ސްޓޯރޭޖް ބަދަލުކުރުމުގެ މަސައްކަތް 18 މަހާއި 24 މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ. އެކި ކަހަލަ ވިޔަފާރި ތަކާއި ހޮޓާ ތަކާއި މުނިފޫހި ފިލުވުމުގެ ޚިދުމަތްތަކާއެކު ތަރައްގީކުރާ ފުނަދޫއަކީ މި ޕްލޭންގައި ވާގޮތުން ސީ ޕްލޭން ޓާމިނަލްވެސް ތަރައްގީކުރާ ރަށެވެ.

މީގެއިތުރުން ފުނަދޫގެ ތަރައްގީގެ ތަސައްވުރުގައި ކުލަ ޖެހެމުންދާއިރު، ފުނަދޫއާއި މާލެ އާއި ދެމެދުގެ އިތުރުން، ފޮނަދޫ އާއި ހުޅުލެއާ ދެމެދު ގުޅުވާލުމަށް ބްރިޖުތައް އެޅުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން